އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި
އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފި އެވެ.

ހޯމް މިނިސްްޓްރީން ކުރި ޓްވީޓެއްގައި ބުނީ 10 މީހަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ކަމަށެވެ.

"ދައުވަތު އެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ ޖަލްސާއަށް ވަޑައިގެންދެއްވުން އެދެން،" ހޯމް މިނިސްޓްރީގެ ޓްވީޓުގައިވެ އެވެ.

ރޭ އަލިފާނުގެ ހާދިސާގައި އިންޑިއާގެ ނުވަ މީހަކާއި ބަންގްލާދޭޝް މީހަކު މަރުވެފައިވެ އެވެ.