ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ

ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހުރި ސަމީނާ (އަސްލު ނަމެއް ނޫން) ބޭރު ބަލައިލީ ކުއްލިއަކަށް އިވުނު ބާރު އަޑަކަށެވެ. ވީގޮތެއް ނޭނގެ އެވެ. ފެނުނީ ބޮޑު ހުޅުގަނޑެކެވެ.

ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ

ހާދިސާ ހިނގި ތަނުގެ ކުރިމަތީ ހުންނަ ގެއެއްގައި އުޅުނު ސަމީނާ ބުނީ ރޯވިކަން އެނގުނު ހިސާބުން ދެން ވީގޮތެއް ނޭނގޭ ކަމަށާއި ކޮންމެވެސް މީހަކު އޭނާ ދަމާފައި ގެއިން ނެރުނުކަން ހަނދާން އެބަހުރި ކަމަށެވެ.

ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ

ގޭގެ އަށް ގޮސް، ކައްކައި ތަންތަން ސާފުކޮށްދިނުން ފަދަ މަސައްކަތްކުރާ ސަމީނާ ބުނިގޮތުގައި އޭނާ އެކު 12 އަންހެނުން ދިރިއުޅެ އެވެ. އެއީ ބަގުލަދޭޝްގެ ދެ މީހަކާއި އިންޑިއާ މީހުންނެވެ. އެ އެންމެނަކީ ވެސް ހައުސްމެއިޑުންނެވެ.

ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ

"އަހަރެމެން ގިނަ މީހުން ތިބީ ނިދާފައި. ތިއްބާ އިވުނީ ބާރު އަޑުފައްގަނޑެއް. ހީވީ އެއްޗެއް ގޮވިހެން،" އިންޑިއާގެ އުއްތުރަ ޕްރަދޭޝް އަށް ނިސްބަތްވާ ސަމީނާ ކިޔައިދިނެވެ.

"ރީނދޫ ކުލައިގެ ބޮޑު އަލިގަނޑެއް ފެނުނީ، ދެން ވީގޮތެއް ނޭނގޭ. ދެން އަހަރެންގެ މޫނުމަތި ފުސްވެއްޖެ. އެހެން މީހަކު އަހަރެން ދަމާފައި ބޭރަށް ނެރުނު ހަނދާން ވަނީ،" އޭނާ ބުންޏެވެ.

އޭނާއާ އެ ވާހަކަތައް ކިޔައިދެމުން ދަނިކޮށް، އެ ވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން އެކަން ހުއްޓުވުމުން ދެން އިތުރަށް ސުވާލެއް ނުކުރެވުނެވެ.

އެ މީހުން މިހާރު ތިބީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއޭއެމްއޭ) އިން މާފަންނު ސްޓޭޑިއަމްގައި ހަމަޖައްސައިދީފައިވާ ވަގުތީ ހިޔާވައްސެއްގަ އެވެ.

އެންޑީއެމްއޭ އިން ކުރިން ބުނިގޮތުގައި، ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ރޭ ދަންވަރު އިސްކަންދަރު މަގުގައި ހުންނަ ގަރާޖެއްގައި ރޯވެ، ހިނގި އެ އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވުން ވެސް އެކަށީގެންވެ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އެތަނުން މީހުން ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ގަރާޖުގައި ދިރިއުޅޭ މީހުން ކައްކަން ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ގޭސްފުޅިތައް އެ ތަނުގައި ހުއްޓެވެ. ވަރަށް ކުދިކުދިކޮށް ހަދާފައިވާ 28 ކޮޓަރި ހުންނައިރު އެ އިން ކޮންމެ ތަނެއްގައި ގޭސްފުޅިއެއް ހުރެ އެވެ. އެ ހުރިހާ ގޭސްފުޅިތައް ވަނީ ގޮވައިފަ އެވެ.

ގަރާޖުގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުންނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި ގިނަ މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުންނެވެ.