މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި. އަލިފާން ނިއްވާ ސިފައިން، އަލިފާން ރޯވެފައިވާ އިމާރާތުގައި ލެޑާ ބޭނުންކޮށްގެން ބިލްޑިންގުގެ މައްޗަށް ފެން ޖަހަން ފެށުމާ އެކު އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް މައިތިރި ކުރެވިފައި.

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އެ ސަރަހައްދުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި އެ ގޭގެ ބައެއް ފްލޯތަކުގައި އަދިވެސް ދަނީ ގަދައަށް އަލިފާން ރޯވަމުން. ބޭރަށް ނުކުމެފައިވާ ހުޅުގަނޑު ކޮންމެވެސް ވަރަކަށް މައިތިރިވިޔަސް، ޖެހިގެން ހުރި ބައެއް އިމާރާތްތަކަށް އަލިފާންގަނޑު ހިނގައިދާނެތީ، އެ އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި.

--------------

މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި ހިނގުން ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ އަނދަމުން އެބަ ދެ އެވެ.

މަންޒަރު ދުށް މީހުންް ބުނީ، އެ ގަރާޖުގައި ވަރަށް ރޯވެ އަނދަމުންދާތާ ގަޑިއެއްހާ އިރު ވެއްޖެ ކަމަށެވެ. ފުލުހުން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބިފައި ވަނީ 12:30 ހާއިރު ކަމަށެވެ.

ރޯވި އަލިފާންގަނޑު އެ ގަރާޖު ހުރި އިމާރާތަށް ފެތުރި، އެ ހިސާބުގަނޑުގައި ވަނީ ދުންގަނޑު ވެސް ފެތުރިފަ އެވެ. އަދި ހުޅުގަނޑު ބޮޑުވެ، އެހެން އިމާރާތްތަކަށް ފެތުރިދާނެ ކަމުގެ ބިރު ވެސް ހީވެގެން ދިޔަ އެވެ. އެކަމަކު، އެމްއެންޑީއެފްގެ ފަޔާ ޓީމު ގޮސް، އަލިފާންގަނޑު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ދެންމެ ބުނީ، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އަދިވެސް އޮތް ކަމަށެވެ.

(އިތުރު ތަފުސީލު އަންނަނީ)