09 ނޮވެމްބަރ 2022 - 22:21

ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ އެއް ފީޑަރު ނިވި ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯގެ ޓްވީޓުގައި ބުނެފައި ވެ އެވެ.
މިރޭ ހުޅުމާލެއަށް ކުރި ވިއްސާރައިގައި ގުުގުރި ވަގުތު ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.