އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް

ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ ފަރާތްތަކާއި ގުޅާ ދިނުމަށް އެމްއެންޔޫއިން ބާއްވާ ޖޮބް ފެއާ "ފަހި ފުރުސަތު" މިއަދު ފަށައިފި އެވެ.

އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް

އެމްއެންޔޫގެ މައި ކެމްޕަހުގައި އެ ފެއާ ހުޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ފެއާއެއް ވަރަށް މުހިންމު ކަމަށާއި، ވަޒީފާއެއް ހޯދުމުގައި ދިމާވާ ދަތިތަކުން އަރައި ގަނެ، އެ ފެއާއިން ފަހި ފުރުސަތުތަކެއް އެމްއެންޔޫގެ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ.

އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް

އެމްއެންޔޫ އިން ބުނިގޮތުގައި، ފެއާގެ މަގުސަދަކީ މާލެ އާއި އަތޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަަސާތަކާއި މަގާމުތަކުގެ އާމްދަނީގެ މައުލޫމާތާއި މަސައްކަތުގެ ތަޖުރިބާ ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށާއި އާއްމުންނަށް ފޯރުކޮށްދިނުމެވެ.

އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް

ރާއްޖޭގައި ހުރި ސިނާއީ ފުރުސަތުތަކާއި އެ ދާއިރާތަކަށް ބޭނުންވާ ހުނަރުވެރިން ހޯދާ ދިނުމާއި އެ ފަދަ ދާއިރާތަކަށް ނުކުތުމަށް ހިތްވަރު ދިނުމަކީ ވެސް ފެއާގެ މަގުސަދެކެވެ.

އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އެމްއެންޔޫއިން ފަހި ކޮށްދެނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް

އެމްއެންޔޫގެ ފަސް ކެމްޕަހެއްގައި ޖުމްލަ 63 ސްޓޯލާއި އެކު ކުރިއަށް ދާ ފެއާގައި 53 އެގްޒިބިޓަރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި މިނިސްޓްރީތައް ވެސް ހިމެނެ އެވެ. އަދި އެކި ދާއިރާތަކުގެ އަމިއްލަ ގިނަ ކުންފުނިތަކެއް ވެސް ބައިވެރިވެ އެވެ.

ފެއާގެ ބައެއް އެގްޒިބިޓަރުން "މިހަރު" އާ ވާހަކަ ދައްކަމުން ވަނީ އެ ފަދަ ފެއާއެއް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ. އަދި ފުރަތަމަ ފެއާއިން ލިބުނު ތަރުހީބާ ކާމިޔާބީ ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

"މި ސްޓޯލުގައި އެބަ ތިބި މި ދިޔަ ފެއާއިން ޖޮބް ލިބުނު ކުދިން. ޕޮޓެންޝަލް ހުރި ގިނަ ކުދިންތަކަކަކާއި މި ފަދަ ފެއާއަކުން ބައްދަލު ވާނެ. ކެރިއާއެއް ބިލްޑުކޮށް، ދާއިރާތަކުން ކުރިއަށް ދެވެން ހުރި މަގުތައް ހޯދަން މި ފަދަ ފެއާއެއް މުހިންމު. މި ސްޓޯލުގައި ވެސް އެކި ދާއިރާތަކުގެ މީހުން މި ތިބީ އެކި ވަޒީފާތަކުގެ މައުލޫމާތުތައް ދޭން،" މޯލްޑިވިއަންގެ އޮފިޝަލަކު ބުންޏެވެ.

ޓޫރިޒަމް ދާއިރާއިން ފެއާގައި ބައިވެރިވި އެގްޒިބިޓަރެއް ކަމަށްވާ ކްރޮސް ރޯޑްސް އިން ވެސް ވަނީ މިފަދަ ފެއާއެއްގެ މުހިއްމުކަން ފާހަގަ ކޮށްފަ އެވެ.

"ބޭނުންވޭ ވަޒީފާތަކަށް ދިވެހިން. މި ފަދަ ހަރަކާތެއް ބޭއްވީމަ މަސައްކަތްތަކަށް އެންމެ ރަނގަޅު ކެނޑިޑޭޓުން ހޯދޭނެ ކަމަށް ގަބޫލުކުރަން،" ކްރޮސް ރޯޑްސްގެ އޮފިޝަލަކު ބުންޏެވެ.

އެގްޒިބިޓަރެއްގެ ގޮތުގައި ފެއާގައި ބައިވެރިވި އަވި ޓެކްނޮލަޖީގެ އޮފިޝަލަކު ބުނި ގޮތުގައި އެކި ފެންވަރަށް ކިޔަވައިގެން ތިބި މީހުންނަށް އެކި ފުރުސަތުތައް ހުރި އިރު، އެ ފުރުސަތުތަކަށް ޝައުގު ހުރި، އެންމެ އެކަށީގެންވާ މީހުން ހޯދުމަށް ފެއާ އިން އެހީ ލިބޭނެ ކަމަށެވެ.

ފެއާއަށް ޒިޔާރަތް ކުރި ބައިވެރިއަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، ކުރިއަށް ދާން ބޭނުންވާ ދާއިރާގެ ހުރި ފުރުސަތުތައް ނޭނގި ވަޒީފާއަށް ހުށަހަޅަންވީ ކުންފުނިތައް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް މި ފެއާއިން ކުރިއަށް ދާން ބޭނުންވާ ދާއިރާގެ ގިނަ ބަޔަކާ ބައްދަލުވެއްޖެ ކަމަށާއި، އެ ދާއިރާގައި ހުރި ފުރުސަތުތައް ވެސް ހޯދިއްޖެ ކަމަށް އޭނާ ބުންޏެ.

"ފަހި ފުރުސަތު" ފެއާ އަކީ މާދަމާގެ ނިޔަލަށް ބާއްވާ ފެއާ އެކެެވެ. ފެއާގެ އޮންނާނީ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.