ދީޕިކާ: އޮޑިޝަނެއް ނެތި ބޮލީވުޑަށް ނުކުމެ ކާމިޔާބު 15 އަަހަރު
ދީޕިކާ: އޮޑިޝަނެއް ނެތި ބޮލީވުޑަށް ނުކުމެ ކާމިޔާބު 15 އަަހަރު

ބޮލީވުޑް މަޝްހޫރު ތަރި ދިޕިކާ ޕަޑުކޯން ބޮލީވުޑަށް ތައާރަފްވި ފިލްމް "އޯމް ޝާންތީ އޯމް" އަށް 15 އަހަރު ފުރުނީ އެވެ.

އެއްވެސް އޮޑިޝަނެއް ނެތި ދިޕިކާ ބޮލީވުޑަށް ނުކުންނަށް ލިބުނު ފުރުސަތަކީ 2007 ވަނަ އަހަރު އެންމެ ކާމިޔާބު ފިލްމް "އޯމް ޝާންތީ އޯމް" އެވެ.

ބޮލީވުޑަށް ނުކުންނަށް ލިބުނު ފުރުސަތުގައި ކޯ ސްޓާރެއް ގޮތުގައި ޝާހުރުކް ހާނާ އެކު މަސައްކަތް ކުރަން ލިބުމަކީ އޭނާ އަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މި ފިލްމުގައި ދިޕިކާ ވަނީ ދެ ކެރެކްޓާއެއްގެ ރޯލް ދައްކާލާފަ އެވެ.

ބިޒްނަސް ފެޝަން އޮފް ފެޝަން (ބީއޯއެފް) އިން ދެއްކި ޕޮޑްކާސްޓެއްގައި ދިޕިކާ ވަނީ އޭނާ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުތް ގޮތް ކިޔައިދީފަ އެވެ.

ދިޕިކާގެ ފޮޓޯޝޫޓެއްގެ ފޮޓޯތަކެއް ޑައިރެކްޓަރު ފަރާ ހާން އަށް ފެނުމުން ފަރާ ގޮސް އެ ފޮޓޯތައް ޝާހުރުކް ހާނަށް ދެއްކުމުން އޭނާ އަށް ވެސް ދިޕިކާ އެ ފިލްމަށް ފިޓް ވާ ކަމަށް ބުނެ އޮޑިޝަނެއް ނެތި ފިލްމުން މެއިން ކެރެކްޓާގެ ޖާގަ ދިނީ ކަމަށް ބުންޏެވެ.

ފަރާ ހާން ވެސް ބޭނުންވީ އާ މޫނެއް ފިލްމުގައި ހިމަނާށެވެ.

ފިލްމް "އޯމް ޝާންތީ އޯމް" އަކީ 2007 ވަނަ އަހަރު ބޮލީޑަށް ނުކުތް އެންމެ މަގުބޫލު އެއް ފިލްމެވެ. މި ފިލްމުން ދިޕިކާ އަށް އިތުރު ކުރިއެރުންތައް ލިބުމުގެ ފުރުސަތުތައް ފުޅާވެގެން ދިޔަ އެވެ. އަދި އޭރު ލިބުނު ކާމިޔާބު މިއަދު ވެސް ފަނޑުވުމެއް ނެތި އަންނަނީ އޭނާ އަށް ލިބެމުން ނެވެ.

ދިޕިކާ އާއި ޝާހުރުކް ހާން އެކުގައި ދެން ފެނުނީ ފިލްމް "ޗެންނާއި އެކްސްޕްރެސް" އަދި "ހެޕީ ނިއު އިޔާ" ފަދަ ކާމިޔާބު ފިލްމުތަކުންނެވެ. މި ދެ ފިލްމު ވެސް ޑައިރެކްޓް ކުރީ ޑައިރެކްޓަރު ފަރާ ހާން އެވެ.

މި ދެ ސްޓާރުން ދެން އެކުގައި ކުޅުނީ އަންނަ އަހަރު ޖެނުއަރީގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމް "ޕަތާން" ނެވެ.