09 ނޮވެމްބަރ 2022 - 11:41

އެމްއެޗްއޭ އިން "ރިވޯޑްސް" ޕްރޮގްރާމެއް ތައާރަފުކޮށް، ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓު ރިޑީމްކޮށް، ކުރާ ވިޔަފާރި އިން ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
"ރިވޯޑްސް" ޕްރޮގްރާމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ލަކީޑްރޯއިން ގުރުއަތުން ހޮވޭ މީހެއްގެ އިނާމަކީ އައިފޯން 14 ޕްރޯ އެކެވެ. އެ ލަކީޑްރޯގައި ބައިވެރިވެވޭނީ އަންނަ މަހުގެ ނިޔަލަށް އެމްއެޗްއޭ އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.
"ރިވޯޑްސް" ޕްރޮގްރާމްގެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމްއެޗްއޭ އިން ވިޔަފާރިކުރާއިރު ކަސްޓަމަރުގެ މޮބައިލް ނަންބަރު ކައުންޓަރަށް ދިނުމުންނެވެ. ރިވާޑްސް ލިބޭނީ އަލުން ވިޔަފާރިކުރަން އަންނައިރު ފޯނު ނަންބަރު ބުނުމުންނެވެ.
ވިޔަފާރި ކުރާ ކޮންމެ ފަހަރަކު، ކަސްޓަމަރުގެ މޮބައިލް ފޯނަށް ޕޮއިންޓް ލިބޭ ވަރުގެ ތަފުސީލް ލިބޭނެ އެވެ. ޑިސްކައުންޓު ލިބޭނީ އެގޮތަށް ލިބޭ ޕޮއިންޓު ލިބޭ އަދަދަކުންނެވެ. ކަސްޓަމަރަށް ލިބޭ ޕޮއިންޓް މުޅި އަހަރަށް ބަހާލައިގެން ވެސް ބޭނުން ކުރެވޭނެ އެވެ.