09 ނޮވެމްބަރ 2022 - 11:12

ޖާންވީ ކަޕޫރާއި އޮރީގެ ގާތް ގުޅުމާ ބެހޭ ގޮތުން ދެކޭވޭ ވާހަކަތަކުގެ ހަގީގަތް ޖާންވީ ފުރަތަމަ ފަހަރަށް މީޑިއާގައި ހާމަކޮށްފި އެވެ.
މި ދެތަރިންގެ ގުޅުމާ ބެހޭ ގޮތުން ކުރިން މީހުން ދެކެމުން އައީ އެއީ ދެ ލޯބިވެރިންގެ ގޮތުގަ އެވެ. ނަމަވެސް ދާދިފަހުން ދިން އިންޓަވިއުއެއްގައި ޖާންވީ ވަނީ އޮރީ އާއި އޭނާއާ އޮތް ގުޅުމުގެ ހަގީގަތް ހިއްސާކޮށްފަ އެވެ.
ޖާންވީ ބުނި ގޮތުގައި އޭނާ އާއި އޮރީއާ ދެމެދު ވަނީ ގާތް ރައްޓެހިކަމުގެ ގުޅުމެކެވެ.
އޭނާ ބުނީ އޮރީއާ އެކީ ވަގުތު ހޭދަކުރާއިރު އަމިއްލަ ގޭގައި ވަގުތު ހޭދަކުރުމުން ލިބޭ ހިތްހަމަޖެހުމާ އުފާ ލިބޭ ކަމަށް ޖާންވީ ބުނެފައިވެ އެވެ.
ފޭނުންގެ ތެރޭގައި ޖާންވީއާ ބެހޭ ގޮތުން މިގޮތަށް ވާހަކަ ފެތުރެން މެދުވެރިވީ، ދާދި ފަހުން އެކި ހަފްލާތަކުންނާއި ދަތުރުތަކުން ދެ މީހުން އެއްކޮށް ފެންނަލެއް ގިނަވާން ފެށުމުން ނެވެ. އަދި ޖާންވީ އާއި އޮރީ އެއްކޮށް ނަގާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އޮރީ އެއަށް ކޮންމެންޓު ކޮށްފައި ހުންނާތީ އެވެ.
ޖާންވީ ދެކޭ ގޮތުގައި އޮރީ އަކީ ވަރަށް އިތުބާރުކުރެވޭ ކޮންމެ ވާހަކައެއް ވެސް ހިއްސާ ކުރެވޭފަދަ ގާތް ރައްޓެއްސެކެވެ. އެފަދަ ރައްޓެހިން ނަކީ ވަރަށް މަދުބައެއް ކަމަށް ޖާންވީ ބުންޏެވެ.