ރޯގާ އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ
ރޯގާ އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

ކޮވިޑާއެކު ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި އަރިދަފުސް ރޯގާ އަދި ކޮވިޑު ފަދަ ބަލިތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން ދާ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް ރިޕޯޓުކުރިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 328 އަށް އިތުރުވެފަ އެވެ.

"ކޮވިޑުގެ އާ ވޭރިއެންޓުތައް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުންދާތީ ކޮވިޑުން، ތިމާ އާއި އާއިލާ އަދި މުޖުތަމައު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދު ވެސް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައި އެދިފައިވެ އެވެ.

- އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓުކުރުން

- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާވާނެ ގޮތަށް މާސްކް އެޅުން

- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

- ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން

- ކޮވިޑު ވެކްސިން ޖަހާ އުމުރުގެ މީހުން ވެކްސިން ފުރިހަމަކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ނަމަ ބޫސްޓާ ޖެހުން