އުރީދޫން ވޯލްޑް ކަޕަށް ފޮނުވާ ނަސީބުވެރިން މިރޭ ހޮވަނީ
އުރީދޫން ވޯލްޑް ކަޕަށް ފޮނުވާ ނަސީބުވެރިން މިރޭ ހޮވަނީ

ގަތަރުގައި މި މަހު ފަށާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ހަތަރު މީހަކަށް ދިނުމަށް އުރީދޫން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ކުރި ޓުވީޓެއްގައި ބުނީ، އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވުން އޮންނާނީ މިރޭ 11:00 އިގަ ކަމަށެވެ. އެ ލަކީޑްރޯގެ ގުރުއަތު ނެގުން ރާއްޖެ ޓީވީން ވަގުތުން ދައްކާނެ ކަމަށް ވެސް ބުންޏެވެ.

އެ ޕްރޮމޯޝަން ބޭއްވީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެންނެވެ.

މިރޭ ހޮވާ ނަސީބުވެރި ހަތަރު މީހުންނަށް ގަތަރުގެ ދެކޮޅު ޓިކެޓާއި ހުރުން އަދި ސެމީ ފައިނަލް މެޗު ބެލުމަށް ދަނޑަށް ވަންނަ ޓިކެޓް ދޭނެ އެވެ. އެއީ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް، މެޗު ބަލަން ދާން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބޭއްވި ޕްރޮމޯޝަނެކެވެ.