"މިހާރު"ގެ ވޯލްޑް ކަޕް ސްކޯ: އަގު ބޮޑު އިނާމުތަކާ އެކު ފަށަނީ
"މިހާރު"ގެ ވޯލްޑް ކަޕް ސްކޯ: އަގު ބޮޑު އިނާމުތަކާ އެކު ފަށަނީ

ގަތަރުގައި މި މަހު 20 ގައި ފަށާ ވޯލްޑް ކަޕް މެޗްތަކުގެ ސްކޯ ދިމާކޮށްގެން އަގު ބޮޑު އިނާމުތަކެއް ލިބޭ ހާއްސަ ޕްލެޓްފޯމެއް "މިހާރު" އިން ލޯންޗުކުރަން ނިންމައިފި އެވެ.

"މިހާރު"ގެ ވޯލްޑް ކަޕް ސްކޯ: އަގު ބޮޑު އިނާމުތަކާ އެކު ފަށަނީ
"މިހާރު"ގެ ވޯލްޑް ކަޕް ސްކޯ: އަގު ބޮޑު އިނާމުތަކާ އެކު ފަށަނީ

މިހާރުގެ ސްކޯ ޕްރެޑިކްޓާ ޕްލެޓްފޯމުގެ އެންމެ ބޮޑު ތަފާތަކީ އެކި ކުންފުނިތަކުން ސްކޯ ޕްރެޑިކްޝަންތައް ހިންގަން ޕްލެޓްފޯމެއް ލިބުމާއި އޭގައި ބައިވެރިވާ މީހުންނަށް ލިބޭ އަގު ބޮޑު އިނާމުތަކެވެ.

"މިހާރު"ގެ މާކެޓިން ޓީމުން ބުނީ މި ޕްލެޓްފޯމުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

ސްކޯ ޕްރެޑިކްޝަން ޕްލެޓްފޯމުގައި މިހާރު ވެސް އަންނަނީ އެކި ކުންފުނިތަކަކުން ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޔޫރޯ މާކެޓިން، އެފްއެސްއެމް، ޕިއްޒާ ބޯނާ، ވެލިގާ ހާޑްވެއާ، ކިންގްސްޓަން، އެވޯން، ހައި އެންޑް ފާނީޗާ، ޕިއްޒާ ހަޓާއި ކޭއެފްސީ، ކްރޮސްރޯޑްސް، ހެޕީމާކެޓް އަދި ޕިއްޒާ މިއާ ފަދަ ކުންފުނިތައް ހިމެނެ އެވެ.

މިހާރު މި ޕްލެޓްފޯމް ބޭނުންކުރާ ކުންފުނިތަކުން ހުށަހަޅާފައި ހުރި އިނާމުތަކުގެ ތެރޭގައި ސައިކަލް، އައިޕެޑް، ރިސޯޓު ދަތުރު އަދި ފައިސާގެ އިނާމުތައް ހިމެނެ އެވެ.

މި ޕްލެޓްފޯމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ވެސް އެބައޮތް ކަމަށް "މިހާރު"ގެ މާކެޓިން ޓީމުން ބުންޏެވެ.

މި ޕްލެޓްފޯމުގައި ބައިވެރިވުމަށް މިހާރުގެ ވެބްސައިޓުގައި ރަޖިސްޓްރީ ވާން ޖެހޭނެ އެވެ.

"މިހާރު"ގެ ވޯލްޑް ކަޕް ކަވަރޭޖާ ގުޅޭ ގޮތުން ސޭލްސް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖަރު، އުޝާ މާހިރު ވިދާޅުވީ، މިހާރުގެ ކަވަރޭޖްގެ އެންމެ ބޮޑު ބޭނުމަކީ ވޯލްޑް ކަޕްގެ ފޯރި އިތުރަށް ގަދަކޮށް، ގިނަ ބަޔަކަށް މި ފޯރީގައި ބައިވެރިވެވޭނެ ގޮތް ހެދުން ކަމަށެވެ.

"ވޯލްޑް ކަޕަކީ ގިނަ ބަޔަކު ބަލައި، އެ ފޯރީގައި ބައިވެރިވާ މުބާރާތެއް. އެހެންވީމާ އާއިލާތަކާ އެކު މި ފޯރީގައި ބައިވެރިވާ އިރު އޭގެ އިތުރުން އެ މީހުންގެ ތެރޭގައި މަޖާ ކަމެއް ކުރަން ކުރެވިދާނެ ކަމެއް މިއީ ސްކޯ ޕްރިޑިކްޓް ކުރުން. މިކަމަކީ ފުޓްބޯޅަ އެންމެ ރަނގަޅަށް ނޭނގޭ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އިން ވަނީ ސްކޯ ޕްރެޑިކްޓާ ޕްލެޓްފޯމުގެ އިތުރުން ވޯލްޑް ކަޕާ ގުޅޭ ގޮތުން، މުހިއްމު ގިނަ މައުލޫމާތުތަކެއް ހިމެނޭ "ވޯލްޑް ކަޕް ގައިޑް" ފޮތް ނެރުމާއި ވޯލްޑް ކަޕްގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި މެޗްތަކުގެ ލައިވް އަޕްޑޭޓްތައް ގެނެސްދިނުމަށް ހާއްސަ ވެބް އެޑިޝަނެއް ލޯންޗުކުރަން ނިންމައިފަ އެވެ.