ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ

ހދ. ކުޅުދުއްފުށީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ

އެ ރަށު ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގައި ހެނދުނު 11:45 ހާއިރު އެކްސިޑެންޓު ހިނގީ އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން، އަނބުރާ ސައިޓަށް ދަނިކޮށް އެމްޓީސީސީގެ ލޮރީއެއް ޖެހިގެން ކަމަށެވެ.

ލޮރީގެ ފަހަތުގައި ކާރު ޖެހުނަސް، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

"ކާރު ކޮންޓްރޯލް ނުވެގެން ކަމަށް ބެލެވެނީ އެކްސިޑެންޓް ހިނގީ،" ދާއުދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.