07 ނޮވެމްބަރ 2022 - 06:40

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، ބޮލީވުޑް ތިން ފިލްމު ވެސް ބޮސްކް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ފޯން ބޫތާއި މިލީ އަދި ޑަބްލަ އެކްސްއެލް ވަނީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވަން ފަށައިފަ އެވެ. އެކަމަކު، ފުރަތަމަ ދުވަހު ވެސް އެ ތިން ފިލްމަށް ބޭނުންވި ވަރުގެ ތަރުހީބެއް ނުލިބުނެވެ.
ކެޓްރީނާ ކައިފް އާއި އިޝާން ކައްތާރް އަދި ސިދާންތު ޗަތުރުވެދީ ކުޅުނު ފިލްމް "ފޯން ބޫތު" އަކީ ކޮމެޑީ ބިރުވެރި ފިލްމެކެވެ. އެ ފިލްމަށް 1.75 ކްރޯޑް ނެޓް ރޭންޖެއް ލިބުނު ކަމަށް ބޮކްސް އޮފީހުގެ ރިޕޯޓުތަކުން ދައްކަ އެވެ.
ޖާންވީ ކަޕޫރުގެ ފިލްމް "މިލީ" އަދި ސޮނާކްޝީ ސިންހަގެ ފިލްމް "ޑަބަލް އެކްސްއެލް" ވެސް ވީ ބޮކްސް އޮފީހުގައި ފްލޮޕަށެވެ.
ބޮމްބޭ ޓައިމްސް ގައި ޖާންވީ ކަޕޫރު ބުނީ، އޭނާ އަކީ ފިލްމް އިންޑަސްޓްރީގައި "ރިލައިމަންޓް" އެއް ހިންގަމުންދާ ކަން ގަބޫލުކުރާ މީހެއް ކަމަށެވެ. ނަމަވެސް ރަނގަޅު ފިލްމަކަށް އޭގެ ހައްގު ކާމިޔާބު ނުލިބޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ. އޭނާގެ އެ ފިލްމަށް އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް ޖާންވީ ކަޕޫރު އުންމީދު ކުރެ އެވެ.