ޝާހިދު އެދުނީ ލޯބީގައި ގެއްލިގެން ނުދިއުމަށް
ޝާހިދު އެދުނީ ލޯބީގައި ގެއްލިގެން ނުދިއުމަށް

ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ އިޝާން ހައްތަރު އަށް އެންމެ ރަނގަޅު ނަސޭހަތެއް ލިބުނީ އޭނާގެ ބޭބެ ޝާހިދު ކަޕޫރުގެ ފަރާތުންނެވެ.

ޝާހިދު ކަޕޫރުގެ ނަސޭހަތަކީ ލޯބީގައި ގެއްލި ނުދިއުމަށެވެ.

އިޝާން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އަނަންނިޔާ ޕާންޑޭއާ އެވެ. އެ ދެ އެކްޓަރުން ވަނީ 2020 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކާލީ ޕީލީ" ގައި އެއްކޮށް މަސައްކަތް ކޮށްފަ އެވެ.

އިޝާން އާއި ޝާހިދު ކަޕޫރު އަދި އޭނާގެ އަންހެނުން މީރާއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އިޝާން، އަނަންނިޔާއާ ގުޅުން ނޯންނަ ކަން އިއުލާން ކުރީ "ކޮފީ ވިތު ކަރަން" ޝޯގަ އެވެ. އެ ޝޯގައި އޭނާ ބުނީ ދެ މީހުންގެ ގުޅުން ނެތަސް ކުރިއަށް އޮތްތާގައި ރައްޓެހިންގެ ގޮތުގައި ތިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އޭނާ އަށް މިހާތަނަށް ލިބުން އެންމެ ރަނގަޅު ނަސޭހަތަކީ ކޮބައިތޯ އިންޓަވިއުއެއްގައި އެހުމުން އިޝާން ބުނީ، ލޯބީގައި ގެއްލިގެން ނުދިއުމަށް އެދި ބޭބެ ދެއްކި ވާހަކަ ކަމަށެވެ.

އިޝާން މިވަގުތު ބިޒީ ވެގެން އުޅެނީ ފިލްމް "ބޫތު ނާތު"ގެ ޕްރޮމޯޝަނަލް އިވެންޓްސް ތަކުގައި އެވެ. އެ ފިލްމުގައި އިޝާންގެ އިތުރުން ކެޓްރީނާ ކައިފް އާއި ސިދާންތު ހިމެނެ އެވެ.