ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ
ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ
ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ

އެ ޔުނިވާސިޓީން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބާއްވާ "ޓޫރިޒަމް ޖުބިލީ ވޯކް" އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4-6 އަށެވެ.

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ
ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ

އެމްއެންޔޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) ގެ ޑީން، ޒީނަތު ސޯލިހު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ވެސް ހިނގާލުމުގައި ބައިވެރިވާނެ ކަމަށެވެ.

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ
ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ހިނގާލުމެއް ބާއްވަނީ

"މާލެ ސަރަހައްދުގެ 21 ސްކޫލަކުން ބައިވެރިވާނެ. ސްކޫލްތަކުގައި އުޅޭ މި ދާއިރާ އަށް ޝައުގުވެރިވާ ކުދިންގެ ޝުއުރޫތައް ފާޅުކޮށްލަން ހިނގާލުމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރަން. ވަރަށް ގިނަ ސްކޫލް ދަރިވަރުން މިހާރު ވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން،" ޒީނަތު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އަށް ޝައުގުވެރިވާ ދަރިވަރުންގެ ހިޔާލު ހޯދައި، ދާއިރާގައި ހުރި ފުރުސަތުތަކާއި ކުރިއަށް ދާނެ ރޮނގުތައް ހިއްސާކުރުމަކީ ވެސް ހިނގާލުމުގެ މުހިންމު މަގުސަދެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހިމެނޭ ގިނަ އެސޯސިއޭޝަންތަކަށް ވެސް ހިނގާލުމުގައި ބައިވެރިވުމަށް ދައުވަތު ދޭނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"އިންޑަސްޓްރީގެ ޕާޓްނަރުން، ހާއްސަކޮށް އެމްއެންޔޫ އެފްއެޗްޓީއެސްގެ އެލަމްނައި އިން ބައިވެރިވާން އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ޒީނަތު ވިދާޅުވިގޮތުގައި، ހިނގާލުމުގައި ބައިވެރިވާން ރަޖިސްޓަރީ ވުމަށް ހާއްސަ ލިންކެއް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. ރަޖިސްޓަރީ ވާއިރު، އެމްއެންޔޫ އިން ކިޔަވައިގެން، ޓޫރިޒަމް ދާއިރާގައި މިހާރު ހިދުމަތް ކުރާ މީހުން ތިބި ހިސާބެއް ބަލާނެ ކަމަށާއި އެ މީހުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް، މިފަދަ ހަރަކާތްތަކުގައި އެލަމްނައި އިން ބައިވެރިވުން މުހިންމު ކަމަށް ޒީނަތު ފާހަގަކުރެއްވި އެވެ.

އެފްއެޗްޓީއެސްގެ ލެކްޗަރާ ހަޝްމާ އާދަމް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ފެށި ދުވަސްވަރާއި މިހާ ހިސާބަށް އައި ބަދަލުތަކާއި އެ ދާއިރާގެ ކުރިއެރުން ހިނގާލުމުގެ ބައިވެރިންނަށް ކިޔައިދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ ވިދާޅުވީ މިފަދަ ބޮޑު ހަރަކާތެއް އެމްއެންޔޫއިން ބާއްވާތީ އުފާ ކުރައްވާ ކަމަށެވެ. އެއީ މުޖުތަމައު ޓޫރިޒަމަށް ހޭލުންތެރިކޮށް، ދާއިރާ ކުރިއެރުވުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.