01 ނޮވެމްބަރ 2022 - 13:37

ކުޅިވަރުގެ މަޝްހޫރު ގިނަ އުފެއްދުންތަކެއް ވިއްކާ ސޮނީ ސްޕޯޓްސް އިން ޗާންދަނީ މަގުގައި ހިންގަމުން އައި ފިހާރަ އަމީނީ މަގަށް ބަދަލުކޮށްފި އެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު ސޮނީ ސްޕޯޓްސްގެ ޗާންދަނީ މަގުގައި ހުރި ފިހާރަ މިހާރު ހިންގަނީ އަމީނީ މަގުން މީރާ އޮފީސް ކުރިމަތިން ސޮނީގެ ލީވައިސް ފިހާރަ ހުރި ތަނަށެވެ.
އެ ބަދަލާ އެކު، ލީވައިސް ފިހާރައިގެ އައިޓަމްތައް ދެން ވިއްކާނީ މަޖީދީ މަގުގައި ހުންނަ ސޮނީ ފެޝަން ފިހާރަ، "ރާޅު" އިންނެވެ.
ކުޅިވަރުގެ ފެޝަން ބްރޭންޑުތައް ކަމަށްވާ ނައިކީ އާއި އެޑީޑާސް އަދި ޕޫމާގެ ގެ އައިޓަމްތައް ސޮނީ ސްޕޯޓްސް އިން ލިބެން ހުރެ އެވެ. އެ ތަނުގައި ގިނަ ވެރައިޓީތަކެއްގެ، އަންހެން އަދި ފިރިހެން ސްޕޯޓްސް ވެއާ ވެސް ލިބޭނެ އެވެ. އަދި ކުޅިވަރާއި ކަސްރަތަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި އެކި ކުޅިވަރުތަކާއި ކަސްރަތައް ހާއްސަ ބޫޓު ވެސް އެ ފިހާރައިން ވިއްކަ އެވެ. ސޮނީ އިން ބުނިގޮތުގައި، ކަސްޓަމަރުންނަށް ސްޓައިލިޝް، ބްރޭންޑެޑް، ކޮލިޓީ ގިނަ ޕްރޮޑަކްޓުތަކެއް ލިބެން ހުންނާނެ އެވެ.
ސޮނީ ސްޕޯޓްސް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު 1 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.