ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު
ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު

ޗާގޮސްގެ ސިޔާދަތީ ބާރު އޮންނާނީ އިނގިރޭސިވިލާތަށް ކަމަށް ދިވެހިރާއްޖެ އިން ގެންގުޅުނު ސިޔާސަތުގައި ދެމިތިބެވޭނެ އެއްވެސް ގޮތެއް މިހާރު ނޯންނާނެ ކަމަށް މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު އަރްވިން ބޫލެލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު
ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އޮތް ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލައާ ބެހޭ ގޮތުން މޮރިޝަސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބޫލެލް ވިދާޅުވީ ޗާގޮސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްގައި ވެސް ރާއްޖޭން އިސްކުރީ އިނގިރޭސި ވިލާތުގެ މަސްލަހަތު ކަމަށެވެ.

ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު
ރާއްޖޭން ސިޔާސަތު ބަދަލުކުރީ ގޮތް ހުސްވެގެން: މޮރިޝަސްގެ ކުރީގެ ފޮރިން މިނިސްޓަރު

ޗާގޮސްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި އިނގިރޭސި ވިލާތުން 2010 ވަނަ އަހަރު ކަނޑައެޅުމުން ރާއްޖެއާ އެކު މަޝްވަރާކުރި އިރު މޮރިޝަސްގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ބޫލެއް ވިދާޅުވީ އިނގިރޭސި ވިލާތުގެ އެ ނިންމުމަށް ރާއްޖޭން ވެސް ދެކޮޅުހެދި ކަމަށެވެ. އެކަމަކު ރާއްޖޭން ދެކޮޅުހެދީ އެހެން ވިސްނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޫލެލް ވިދާޅުވި ގޮތުގައި މޮރިޝަސް އިން އެ ނިންމުމަށް ދެކޮޅުހެދީ 1965 ގައި އިނގިރޭސި ވިލާތުން މޮރިޝަސް އަށް ދިން، މަސްވެރިކަމަށް ކަނޑުގެ ސަރަހައްދު ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަމާ ހިލާފް ކަމަކަށް ވާތީ ކަމަށެވެ. އެކަމަކު ރާއްޖޭން ދެކޮޅު ހެދީ ޗާގޮސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ވެސް ނިސްބަތްވާ ސަރަހައްދު އޭގެ ތެރޭގައި ހިމެނޭ ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖެއާ އެކީ އަލުން ވާހަކަ ދައްކަން މަސައްކަތްކުރިން. އެކަމަކު މާބޮޑު ޝައުގުވެރިކަމެއް ނުފެނުނު،" މޮރިޝަސްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވައި އެ މަނިކުފާނާ އެކު ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ބޫލެލް ވިދާޅުވެފައިވެ އެވެ.

"ނަޝީދު [ރަސްމީ ފަރިއްކޮޅުގައި] ވާހަކަ ދެއްކެވި އިރު އެކަމާ ބެހޭ ގޮތުން މާ ގިނަ ވާހަކައެއް ނުދައްކަވާ. އެ ދަތުރުފުޅުގައި، އިމުގެ މައްސަލަ ހައްލުކުރުމަށް ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ނެރުނީ ގުޅިފައިވާ ބަޔާނެއް. އެކަމަކު އެއީ ހަމަ ޑިޕްލޮމެޓިކް ވާހަކަ،" މޮރިޝަސްގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ވެސް ކުރިން ހުންނެވި ބޫލެލް ވިދާޅުވި އެވެ.

ބޫލެލް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ކަނޑައެޅި ހިޔާމަތްކޮށްފައިވާ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅައި 2015 ވަނަ އަހަރު މޮރިޝަސް އަށް ކާމިޔާބުވުމާ ހަމަޔަށް މޮރިޝަސްގެ ވިސްނުން ހުރީ އިމުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ ގުޅިގެން ބެލެހެއްޓުމަށް ކަމަށެވެ. މިގޮތަށް ސީޝެލްއާ އެކު ވެސް ކާމިޔާބުކަމާ އެކު އެއްބަސް ވެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ތަފާތަކީ އިމުގެ މައްސަލާގައި ސީޝެލްއާ އެކު މައްސަލައެއް ނެތުން. ރާއްޖޭން އުޅުނު ކަމަށް ބެލެވެނީ ކޮންޓިނެންޓަލް ޝެލްފް ފުޅާކުރުމަށް ޝައުގުވެރިވެގެން...،" އޭނާ ވިދާޅުވި އެވެ.

ބޫލެލް ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭން މޮރިޝަސްއާ އެކު ބާއްވާ ގުޅުމުގައި އަބަދުވެސް ފަސް ޖެހުންތަކެއް ހުރެ އެވެ. އެއީ އޭނާ ވިދާޅުވެފައިވާ ގޮތުން ނަމަ އިނގިރޭސި ވިލާތަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން މުހިންމު ގައުމަކަށް ވުމެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު، ޗާގޮސް އަށް މޮރިޝަސްގެ ބާރު ހިނގާނެ ކަމަށް ބުނެ ނެރުނު ލަފަޔާއި އެއާ ވިދިގެން އދ.ގެ އާންމު މަޖިލީހުން އެކަން ތަންފީޒުކުރަން ގޮވާލައި ފާސްކުރި ގަރާރަށް ރާއްޖޭން ދެކޮޅުހެދި އެވެ.

"ޗާގޮސް އަށް މޮރިޝަސްގެ ބާރު އޮންނާނެ ކަމަށް ބުނާ ބުނުމާ ރާއްޖޭން ދެކޮޅު ހަދަމުން އައީ އިމުގެ މައްސަލާގައި ދައުވާކުރުމުގެ ހައިސިއްޔަތު މޮރިޝަސް އަށް ނޯންނާނެ ކަމަށް ބުނާ ބުނުން ދިފާއުކުރުމަށް،" ރާއްޖޭން ދޫނުކޮށް ހިފެހެއްޓި ސިޔާސަތުގެ ބޭނުން ބަޔާންކޮށް ބޫލެލް ވިދާޅުވެފައިވެ އެވެ.

ބޫލެލް ސިފަކުރެއްވި ގޮތުގައި ރާއްޖޭން ފެށުނީންސުރެ އައީ ޔޫކޭ އިން "ޖެހިހާ ބެރަަކަށް ނަށަމުން" ނެވެ. އައިސީޖޭގެ ނިންމުމަކީ އަމަލުކުރުން ލާޒިމް އެއްޗެއް ނޫން ކަމަށް ބުނެ ޔޫކޭ އިން ދައްކާ ވާހަކަ ރާއްޖޭން ވެސް އައީ ދައްކަމުން ކަމަށެވެ.

އިޓްލޮސް އަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ރާއްޖޭން ނެގީ ވެސް އެ މައްސަލަ އެވެ. ރާއްޖޭން ބުނަމުން އައީ ސިޔާދަތީ ބާރާ މެދު ޔޫކޭ އާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލަ ހައްލުކޮށްގެން ނޫނީ މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު ފެބްރުއަރީ 2021 ގައި އިޓްލޮސް އިން ނިންމީ އައިސީޖޭގެ ލަފާ ވެސް ނެރެފައި އޮތުމާ އެކު، މޮރިޝަސް އަށް ޗާގޮސްގެ ކަނޑުގެ ސަރަހައްދަށް ބާރު ފޯރުވޭނެ ކަމަށާއި އެހެންވެ މައްސަލަ ބެލޭނެ ކަމަށެވެ.

"އިޓްލޮސްގައި މި ނިމުނު ގޮތަކީ ހަމައެކަނި ސިޔާދަތީ ބާރާ މެދު ގޮތެއް ނިމުމެއް ނޫން. އިމުގެ މައްސަލައިގެ ބަހުސް ނިމުނީ. އިނގިރޭސި ވިލާތަށް ދެން ނޯންނާނެ ގާނޫނީ ގޮތުން މިކަމުގައި ދައްކާނެ އިތުރު ވާހަކައެއް. އަދި ރާއްޖެ މިހާރު އެ އޮތީ ރަނގަޅަށް އެއްވެސް ކަމެއް ކުރެވެން ނެތް ހާލަތަކަށް ވެއްޓިފައި،" އިމުގެ މައްސަލާގައި ރާއްޖޭން ކޮންމެ ގޮތަކަށް ދެން ނިންމިޔަސް އެކަމުން ނިކުންނާނެ ރަނގަޅު ނަތީޖާއެއް ނެތް ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"އިޓްލޮސް އިން އިމުގެ މައްސަލަ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ޔޫކޭގެ ދިފާއުގައި ރާއްޖޭން މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތު ދެމެހެއްޓޭނެ ގޮތެއް ދެން ނޯންނާނެ."

އޭނާ ވިދާޅުވީ މި ނިންމުމާ އެކު މޮރިޝަސް އާއި ދިވެހިރާއްޖެ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އަވަށްޓެރި ދެ ގައުމަށް ވީ ކަމަށާއި އެ ގާނޫނުގެ ދަށުން ދެން ހިނގާނެ ކަންކަމަށް ދެ ގައުމުން ވެސް ދެން ޖެހޭނީ ރުހެން ކަމަށެވެ.

މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ރާއްޖޭން ވޯޓު ދޭނެ ކަމަށް އިޓްލޮސްގައި ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން ސަރުކާރުން މޮރިޝަސް އަށް ދޫ ދިނީ ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް މިކަމުގެ ސަބަބުން ގެއްލިދާނެ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އދ. ގައި ނަގާ ވޯޓަކާ މެދު ނިންމި ގޮތަކުން އިޓްލޮސްގައި ހިނގާ މައްސަލައަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.