ޓޫރިސްޓް ވިސާގައި އެތެރެވުމަށް ފަހު ސްޕެޝަލް ވިސާއަށް ބަދަލުކޮށް ނުދޭން ނިންމައިފި
ޓޫރިސްޓް ވިސާގައި އެތެރެވުމަށް ފަހު ސްޕެޝަލް ވިސާއަށް ބަދަލުކޮށް ނުދޭން ނިންމައިފި

ޓޫރިސްޓް ވިޒާގައި ރާއްޖެ އެތެރެވުމަށް ފަހު އިންޓާންޝިޕްގެ ގޮތުގައި ސްޕެޝަލް ވިސާ އަށް ބަދަލު ނުކުރެވޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު އިންޓާންސްގެ ގޮތުގައި ސްޕެޝަލް ވިސާ އަށް ބަދަލުކޮށްދޭން އެދި އެ އިދާރާ އަށް މިހާރަކަށް އައިސް ހުށަހަޅަމުން އަންނަ ކަމަށެވެ.

އެހެންވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިންޓާންޝިޕްގެ ގޮތުގައި ރާއްޖެ އަންނަ ބިދޭސީން އެ މީހުން ރާއްޖެ އައުމުގެ ތިން ދުވަސް ކުރިން އިމިގްރޭޝަނަށް ހުށަހަޅައި، ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެ ތާރީޚުން ފެށިގެން ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު ސްޕެޝަލް ވިސާ އަށް ބަދަލު ނުކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.