ޗަނާޗާ: އަހަރުތަކަށް ފަހު މާލޭގައި ބޭއްވި އެންމެ ސަޅި ޝޯ
ޗަނާޗާ: އަހަރުތަކަށް ފަހު މާލޭގައި ބޭއްވި އެންމެ ސަޅި ޝޯ

ރޭ ހުޅުމާލޭގައި ބޭއްވި ޗަނާޗާ ޝޯ އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ރޭގެ ޝޯގައި އެންމެ ހާއްސަަ ކަމަކީ "މަނިކެ މަގޭ ހިތޭ" އިން މަޝްހޫރުވި ޔޮހާނީ ދިލޯކާ ޑި ސިލްވާ ލަވަ ހުށަހަޅައިދިނުމެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ހަވީރު އާއި ރޭ ވަނީ ދެ ޝޯއެއް ބާއްވައިފަ އެވެ. ހަވީރު ޝޯ އަށް ޓިކެޓާ ނުލައި ވަދެވޭގޮތަށް އޮތް ނަމަވެސް ރޭގެ ޝޯއަށް ވަނުމަށް ޓިކެޓު ގަންނަން ޖެހުނެވެެ.

ބައިސްކޯފުން ބުނީ ރޭގެ ޝޯއަށް ވަނުމަށް 2700 ޓިކެޓު ވިކިފައިވާ ކަމަށެވެ. ރޭގެ ޝޯގެ ޓިކެޓުތައް ވިއްްކީ 150ރ. އަށެވެ. ނަމަވެސް ޔޮހާނީއާ ވީއައިޕީ އީން ބައްދަލު ކުރުމަށް 999ރ. އަށް ވެސް ޓިކެޓު ވިއްކި އެވެ.

އެ ޓިކެޓު ގަތް މީހުންނަށް ބައިސްކޯފުން ވަނީ ޔޮހާނީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ދީފަ އެވެ.

އެ ޝޯ އިންތިޒާމުކުރި ބައިސްކޯފު އިން ބުނީ މިއީ މި ފަހުން ރާއްޖޭގައި ބޭއްވި ޝޯތަކުގެ ތެެރެއިން އެންމެ ތަރުހީބު ލިބުނު އެއް ޝޯ ކަމަށެވެ.

ރޭގެ ޝޯ ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވަޑައިގެންފަ އެވެ.

ޗަނާޗާ ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ރެވިއޯ، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އިތުރުން ހަންބަލް ބަކަރި ހިމެނެ އެވެ.