މިފަހަރު އަލިފުޅަށް ދޮންހިޔަލަ ލިބުނީ "ފަހިޕޭ"އިން
މިފަހަރު އަލިފުޅަށް ދޮންހިޔަލަ ލިބުނީ "ފަހިޕޭ"އިން

ދޮން ހިޔަލަ އާއި އަލިފުޅަކީ ޒަމާނުއްސުރެ ދިވެހިންގެ ލޯބީގެ މިސާލެެވެ. ދޮން ހިޔަލަ އާއި އަލިފުޅާ ގުޅުވައިގެން ޒަމާނީ ގިނަ ވާހަކަތަކެއް ވެސް އެކި ސިފަސިފައިގައި “ކްރިއޭޓަރުން” ވަނީ ގެނެސްދީފަ އެވެ. އެގޮތުން ދާދިފަހުން ފަހި ޕޭއިން ނެރުނު ކުރު ފިލްމަކީ ވެސް ޒަމާނީ ދޮން ހިޔަލަ އަކާއި އަލިފުޅެއް ފެނުނު ފިލްމެކެވެ.

މިފަހަރު އަލިފުޅަށް ދޮންހިޔަލަ ލިބުނީ "ފަހިޕޭ"އިން
މިފަހަރު އަލިފުޅަށް ދޮންހިޔަލަ ލިބުނީ "ފަހިޕޭ"އިން

ބިލުތައް ދެއްކުމާއި، ރިޗާޖު ކުރުމާއި އެކަކު އަނެކަކާ ކުރާ ފައިސާގެ މުއާމަލާތްތައް ކުރުމަށް ތައްޔާރު ކޮށްފައިވާ ފަހި ޕޭ އެޕާއި ގުޅޭ ހުރިހާ މައުލޫމާތެއް އެ ފިލްމުގައި ގެނެސްދީފައި ވަނީ ދޮން ހިޔަލަ އާއި އަލިފުޅުގެ ގުޅުމުގެ ތެރެއިންނެވެ. އެ ކުރު ފިލްމުގައި ދައްކައި ދެނީ ދޮން ހިޔަލަ އަލިފުޅަށް ދަސްކޮށްދޭ ފަހި ޕޭއިން އެކި ކަންކަމަށް ފައިސާ ދައްކާ، ހިޔަލަގެ ލޯބި ކާމިޔާބުވާ ގޮތެވެ.

އެ ކުރު ފިލްމުގައި ހިޔަލަގެ ބައި ކުޅެފައިވަނީ މިހާރު ގިނަ ފިލްމީ ރޯލުތަކުން ފެންނަމުންދާ ފަންނާނު، ވާޝިޔާ މުހައްމަދެވެ. އަލިފުޅުގެ ރޯލު ކުޅެފައި ވަނީ ސްކްރީނަށް އާ މޫނެއް ކަމަށްވާ މުހައްމަދު ޝައްމާސް އެވެ. އެ ކުރު ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ އެފަދަ ފިލްމީ ތަފާތު އިސްތިހާރުތައް ގެނެސްދީފައިވާ ނިއުޝާދު ޝަރީފެވެ. އެ ފިލްމު އިތުރަށް ފުރިހަމަ ކޮށްދީފައި އޭގައި ފީޗާ ކޮށްފައިވާ ވަނީ މަޝްހޫރު ރަވިއޯ ބޭންޑުގެ “ހޫރެއް ފަދައިން” ލަވައިންނެވެ.

ދިވެއްސާއި އިނގިރޭސިގެ ބަހުގެ އޮޕްޝަން އޮންނަ ފަހި ޕޭ އެޕާއި ގުޅޭ ސުވާލުތަކުގެ ޖަވާބު އެ ފިލްމުގައި އެ ދެ ލޯބިވެރިން ވަނީ ގެނެސްދީފަ އެވެ. އެއީ 14 މިނެޓުގެ ކުރު ފިލްމެކެވެ.