ދީޕިކާ އާއި ރިތިކްގެ "ފައިޓާ" 2024 ގެ ކުރީކޮޅު
ދީޕިކާ އާއި ރިތިކްގެ "ފައިޓާ" 2024 ގެ ކުރީކޮޅު

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯން އެކުގައި ލީޑު ކުޅޭ ފުރަތަމަ ފިލްމު، "ފައިޓާ" ނެރޭ ދުވަސް އިއުލާންކޮށްފި އެވެ.

ރިތިކް އާއި ދީޕިކާގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ މި ފިލްމަކީ އެކްޝަން ތުރިލާ އެކެވެ. ސިދާތު އަންނަދު ޑައިރެކްޓްކުރާ އެ ފިލްމުގައި އަނިލް ކަޕޫރު ވެސް ފެންނާނެ އެވެ.

މި ފިލްމުގައި ދީޕިކާ އާއި ރިތިކް ފެންނާނީ އިންޑިއަން އެއާ ފޯސްގެ ޕައިލެޓުންގެ ރޯލުންނެވެ. އަދި އަނިލްއަކީ އެމީހުންގެ މެންޓާ އެކެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރާ އެކު ފިލްމު ނެރޭނެ ދުވަހުގެ ގޮތުގައި އިއުލާންކުރީ ޖެނުއަރީ 25، 2024 ކަމަށެވެ.

އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޮގަސްޓް ރިތިކް ވަނީ އޭނާގެ ހަށިގަނޑަށް ބަދަލު ގެނަައުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި މި ފެށޭ މަހުގެ ތެރޭގައި ރޯލަށް ތައްޔާރުވުމަށް އެއާ ބޭސް އޮފިސަރުންނާ އެކު އޭނާ ވަގުތު ހޭދަކުރާނެ އެވެ.

ރިތިކް ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިންތައް ފަށާނީ ނޮވެމްބަރު 15 ގައި މުމްބާއީގަ އެވެ.