28 އޮކްޓޯބަރ 2022 - 07:52

ފިލްމީ މަސައްކަތުން ބްރޭކެއް ނެގުމަށް ބޮލީވުޑްގެ ތަރި، ރަކުލް ޕްރީތު ސިންގް ރާއްޖެ އަތުވެއްޖެ އެވެ.
އިއްޔެ ރާއްޖެ އައުމަށް ފަހު ރަކުލް އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓުގައި ވަނީ ޗުއްޓީއެއް ލިބުމުން ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.
ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރަކުލް ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ރިސޯޓުގެ ބައެއް މަންޒަރުތައް ވެސް އާންމުކޮށްފަ އެެވެ.
ރަކުލް އެންމެ ފަހުން ފެނިފައި ވަނީ މީގެ ދެ ދުވަހެއް ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ. މިމަހުގެ މެދު ތެރޭގައި ވަނީ އޭނާ އާއި އަޔުޝްމަން ކުރާނާ އެކުގައި ފެނިގެންދާ ފިލްމު، "ޑޮކްޓާ ޖީ" ވެސް ރިލީޒްކޮށްފަ އެވެ.
ފުލުފުލުގައި ފިލްމީ މަސައްކަތްތަކެއްގައި އުޅުމަށް ފަހު، ޗުއްޓީއެއް ހޭދަކޮށްލުމަށް ރަކުލް ރާއްޖެ އައިސްފައިވާއިރު އޭނާ ވަނީ މީގެ ކުރިން ވެސް ދެތިން ފަހަރަކު ރާއްޖެ އައިސްފަ އެވެ.
ރަކުލްގެ ކުރިއަށް އޮތް ފިލްމީ މަސައްކަތަކީ "ޗަތުރިވާލީ" އެވެ. އެ ފިލްމު އިއުލާންކުރި ނަމަވެސް ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.