ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ
ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ

ގަދަ ފިނީގެ ސަބަބުން ޔޫރަޕްގެ އެކި ގައުމުތަކުން މަރުވި މީހުންގެ އަދަދު 20 އަށް ވުރެ އިތުރުވެއްޖެ އެވެ.

ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ
ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ

ބައެއް ގައުމުތަކުގައި އަދިވެސް ފިނި ގަދަވަމުން ދާނެ ކަމަށް ލަފާކުރެވިފައި ވާއިރު ޕޮލެންޑުން ވަނީ އާދީއްތަ ދުވަހު ފިނީގެ ސަބަބުން 10 މީހަކު މަރުވެފަ އެވެ. އިޓަލީގެ އާއި ޗެކް ރިޕަބްލިކާއި ޔުކްރެއިނުން ވެސް ފިނީގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ
ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ

ސްނޯގެ ތޫފާންތަކާއި ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. ކަނޑު ބަނދަރުތަކާއި ވައިގެ ބަނދަރުތައް ވެސް ބައެއް ގައުމުތަކުގައި ވަނީ ބަންދުކުރަން ޖެހިފަ އެވެ. އެގޮތުން ސާބިއާގައި ކޯރުތަކުން ދަތުރުކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ
ގަދަ ފިނީގެ ސަބަބުން ޔޫރަޕުގައި މީހުން މަރުވަނީ

ރަޝިޔާގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން މައިނަސް 40 ޑިގްރީ ސެލްސިއަސް ވަނީ ދަށަށް ގޮސްފަ އެވެ. އާންމު ގޮތެއްގައި ފިނިމިން މެދު މިންވަރެއްގައި ހުންނަ ގްރީސްގައި ވެސް މިފަހަރު ވަނީ މައިނަސް 15 ޑިގްރީ ސެލްސިއެސް އަށް ފިނިހޫނުމިން ވެއްޓިފަ އެވެ. އެ ގައުމުގައި ވެސް ފިނި ގަދަވެގެން މީހަކު މަރުވެފަ އެވެ.

ގިނަ އަދަދެއްގެ ރެފިއުޖީންނަށް ހިމާޔަތް ދީފައިވާ ގްރީސްގައި ފިނި ގަދަވުމުގެ ސަބަބުން ރެފިއުޖީންގެ ގިނަ އަދަދެއްގެ މީހުން ވަނީ އެ މީހުންގެ ވަގުތީ ހިޔާތައް ނޫން އެހެން ތަންތަނަށް ބަދަލު ވެސް ކޮށްފަ އެވެ.

ފިނި އެންމެ ގަދަވެފައިވާ ރަޝިޔާގައި މި ޖެނުއަރީ މަސް ވެފައި ވަނީ މިދިޔަ 120 އަހަރު ތެރޭގައި ވެސް އެންމެ ފިނި ގަދަވި އަހަރަށެވެ. ފްލައިޓްތައް ކެންސަލްވެ އަދި ޑިލޭވަމުން ދާއިރު ގިނަ ސްކޫލުތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.