25 އޮކްޓޯބަރ 2022 - 10:02

"ސަޅި ކުއާޓާލީ" އެޑްއޮންގެ ނަމުގައި ތިން މަސް ދުވަހަށް ދުވާލަކު 6 ޖީބީ ޑޭޓާ ލިބޭ އެޑް-އޮންއެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މިއީ 1،100ރ. އަށް 540 ޖީބީގެ ޑޭޓާ ލިބޭ އެޑް-އޮންއެއް ކަމަށެވެ. ދިރާގު އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް އެ އެޑް-އޮން އެކްޓިވޭޓު ކުރެވޭނެ އެވެ. އެޑްއޮން ނަގަން "S1GB90" ޖަހާފައި 343 އަށް އެސްއެމްއެސްކޮށްގެން އެކްޓިވޭޓު ކުރެވޭނެ އެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ ވެސް އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި އެ ޕްލޭނުން ދިރާގުގެ ހުރިހާ ނަމްބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ލިމިޓެޑް އޮފާތައް ވެސް ތައާރަފު ކުރަމުންނެވެ.