ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި
ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި

ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދޫކުރި ބިން އަނބުރާ ހަވާލުކުރުމަށް ރައީސް އޮފީހުން އަންގައިފި އެވެ.

ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި
ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި

ފުލުހުންގެ އިދާރާގެ ބެކަޕް ޖަނެރޭޓަރެެއް ބެހެއްޓުމަށް މީގެ ދުވަސްކޮޅެއް ކުރިން ފުލުހުންނަށް ދޫކުރި ބިން އަނބުރާ ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ރައީސް އޮފީހުން އެންގި ސަބަބެއް އަދި ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި، މި ބިން އަނބުރާ ހަވާލުކުރުމުގައި ދަތިތަކެއް ހުރި ކަން ފުލުހުން ވަނީ މިހާރު ރައީސް އޮފީހަށް ސިޓީއަކުން އަންގައިފަ އެވެ.

ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި
ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ތަނުން ފުލުހުންނަށް ދިން ބިން އަނބުރާ ހަވާލުކުރަން އަންގައިފި

މި މައްސަލާގައި ފުލުހުންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ އަދިވެސް ފުލުހުންގެ ބިމެއް ކަމަށެވެ. އެއަށް ވުރެ އިތުރަށް ފުލުހުން މީޑިއާއާ ވާހަކައެއް ނުދެއްކި އެވެ.

ޝަހީދު ހުސެއިން އާދަމް ބިންޑިންގާ އިންވެގެން އޮތް މި ބިމުން ފުލުހުންނަށް ދޫކުރި ތަންކޮޅުގައި ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެ ސަރަހައްދުގެ އުތުރުން ވަނީ އާންމު ޕާކިން ޒޯނެއް ހަދައިފަ އެވެ.

އެޓޮލްސް މިނިސްޓްރީ ހުރި ބިމުން ފުލުހުންނަށް ދޫކުރި ތަންކޮޅު ހުސްކުރަން ރައީސް އޮފީހުން އެންގިއިރު، އެ ބިމުގައި ފްލެޓް އިމާރާތެއް އަޅަން ބަޔަކަށް ދިން ކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ. އެކަމަކު ސަރުކާރުގެ ބަހެއް އަދި މިކަމާ ގުޅޭ ގޮތުން ނުލިބެ އެވެ.