23 އޮކްޓޯބަރ 2022 - 22:34

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ފަހަރުގެ ޒުވާނުންގެ އެވޯޑް ދިނީ ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ދަރުމަވެރި ކަމުގެ ދާއިރާ، ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ، ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ، ފަންނުވެރިކަމުގެ ދާއިރާ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ،
ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އަދި ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމް އިން ހޮވުނު ޒުވާނުންނަށެވެ.
• ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
• ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް
• ދަރުމަވެރި ކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
• ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް
• ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު
• ފަންނުވެރިކަމުގެ ދާއިރާ: ޢަބްދުﷲ ޝަފީއު
• މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
• ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
• ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
• ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމް: އަހްމަދު އަހްނަފް ފިރާގު
ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.