22 އޮކްޓޯބަރ 2022 - 18:33

އެއް މަސްދުވަހަށް ދުވާލަކު 8ޖީބީ ޑޭޓާ، 745ރ. އަށް ލިބޭ އެޑް-އޮން އެއް ދިރާގުން ތައާރަފްކޮށްފި އެވެ.
"ސަޅި މަންތުލީ 2ޖީބީ" އެޑްއޮންއާ އެކު 240ޖީބީ ޑޭޓާ އެއް މަހަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އެ ޕެކޭޖު، ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "S2GB30" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކޮށްލައިގެން ވެސް ނެގޭނެއެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްވާ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.