22 އޮކްޓޯބަރ 2022 - 15:48

ލެންސް ޓެކްނޮލޮޖީގައި އާދަޔާ ހިލާފު ކުރިއެރުން ހޯދާފައިވާ ޖަރުމަން ވިލާތުގެ 'ޒައިސް' ބްރޭންޑުގެ ނަމްބަރު އައިނު ލެންސް ހުޅުމާލޭގައި ހުންނަ ސިޓީ އޮޕްޓިކަލް އިން ތައާރަފުކޮށްފި އެވެ.
ލެންސް އިންޑަސްޓްރިީގައި 'ޒައިސް' ފާހަގަ ކުރެވިފައިވަނީ އެހެން އެއްވެސް ފަރާތަކަށް ހައްލު ނުހޯދޭ ފަދަ އީޖާދުތައް ދުނިޔެއަށް ގެނެސްދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. އެގޮތުން 1969 ގައި އިންސާނުން ހަނދަށް ކުރި ފުރަަތަމަ ދަތުރުގެ ފޮޓޯ ނެގީ ޒައިސް އިން އީޖާދު ކުރި ލެންސަކުންނެވެ. އޭރު ނާސާއިން ބޭނުންވި ފެންވަރުގެ ލެންސެއް އެނޫން އެއްވެސް ބަޔަކަށް ނުހެދުނެވެ.
އޭގެ 50 އަހަރު ފަހުން ދުރުގައިވާ ޕްލެނެޓްތަކުގެ ޖައްވު ދިރާސާކޮށް އެ ޕްލެނެޓްތަކުގައި ދިރުމުގެ ނިޝާނެއް ހުރިތޯ ދެނެގަތުމަށް މިދިޔަ ޑިސެމްބަރު މަހު ނާސާއިން ލޯންޗް ކުރި ޖޭމްސް ވެބް ޓެލެސްކޯޕްގެ ލެންސަކީ ވެސް 'ޒައިސް' ގެ ޓެކްނޮލޮޖީ އެވެ.
އެ ޓެލެސްކޯޕުން ނެގި ފޮޓޯ ތަކުގެ ސާފު ކަމުން ޒައިސް ގެ ލެންްސް ޓެކްނޮޮލޮޖީ ކުރިއަރާފައިވާ ވަރު ފެނި، ސައިންސްވެރިން ވެސް ހައިރާންކޮށްލި އެވެ.
ލެންސް އުފެއްދުމުގައި 170 އަހަރުގެ ތަޖުރިބާ ހުރި ޒައިސް އަކީ ނަމްބަރު އައިނު ގެ ލެންސް އުފެއްދުމުގައިވެސް ދެ ވަނައެއް ނެތް ފަދަ ކުންފުންޏެކެވެ.
އައިނު އަޅާކަން ވެސް އިހުސާްސް ނުކުރެވޭހާ ސާފު، ލޮލަށް އަރާމު ލެންސު އުފައްދާ 'ޒައިސް' އަކީ ޕްރީމިއަމް އަދި ސުޕަ ޕްރީމިއަމް ކެޓެގަރީގެ ނަމްބަރު އައިނުގެ ލެންސް އުފައްދާ ކުންފުންޏެކެވެ. އެހެންވެ، މިއީ މެދު އަދި މަތީ ފަންތީގެ އާމްދަނީ ލިބޭ މީހުންގެ މެދުގައި މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު ބްރޭންޑެވެ.
'ޒައިސް' ވިޝަންގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ ސިޓީ އޮޕްޓިކަލް އެވެ. 'ޒައިސް' ގެ ހުރިހާ ރޭންޖެއްގެ ލެންސް ސިޓީ އޮޕްޓިކަލް އިން ލިބޭއިރު، ބޭރަށް ފޮނުވައިގެން ހަދާ ލެންސް އުފައްދަނީ ސީދާ 'ޒައިސް' ގެ ލެބޯޓްރީގަ އެވެ. އެއީ ޕްރެސްކްރިޕްޝަނާ އެއްގޮތަށް އިތުބާރާއެކު އެންމެ މަތީ ފެންވަރުގެ ލެންސް އުފައްދާ ދުނިޔޭގެ އެންމެ ފެންވަރުމަތީ އެއް ލެބެވެ.
'ޒައިސް' ލެންސަކީ އަގުބޮޑު ލެންސެއް ނަަަމަވެސް، ރާއްޖޭގައި މި ބްރޭންޑުގެ ލެންސް ސިޓީ އޮޕްޓިކަލް އިން ވަރަށް އެކަށޭނަ އަގަކަށް ލިބެ އެވެ. އެގޮތުން، ރާއްޖޭގައި އެންމެ ގިނައިން ވިއްކާ އިންޑިއާ ބްރޭންޑުގެ ލެންސާ ދާދި އެއް އަގެއްގައި 'ޒައިސް' ގެ ލެންސު ސިޓީ އޮޕްޓިކަލުން ލިބޭނެ އެވެ.
ސިޓީ އޮޕްޓިކަލް އިން 'ޒައިސް' ބްރޭންޑުގެ ނަމްބަރު އައިނުގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު ކޮންޓެކްޓް ލެންސް ބްރޭންޑުް ކަމުގައިވާ އެމެރިކާގެ ކޫޕާ ވިޝަންގެ ކޮންޓެކްޓް ލެންސް ވެސް ލިބެ އެވެ.