ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި
ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި

މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގައި ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައި ގިނަ ބަޔަކު ހައިރާންކޮށްލި ރާއްޖޭގެ އުމުރުން 9 އަހަރުގެ ފާތިމަތު ދީމާ އަލީ، ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި
ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި

އުމުރުން 8 އަހަރުގައި މެލޭޝިއާ މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދި ދީމާ ލަންކާގައި ހޯދި ކާމިޔާބީއާ އެކު ލަންކާ ކޯޗުންނާއި އެސޯސިއޭޝަންތަކުގެ ވެރިން ވަނީ އޭނާ ވަށާލައިފަ އެވެ. ދީމާ އަށް ތައުރީފު އޮއްސަމުން އަންނައިރު ލަންކާ އަށް ކުޅެން ވެސް ވަނީ ދައުވަތު ދީފަ އެވެ. ނަމަވެސް އާއިލާގެ ވިސްނުމަކީ ދިވެހިރާއްޖެ ތަމްސީލްކުރުމެވެ.

ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި
ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި

ދީމާ އަށް ލަންކާގެ ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުނީ ލަންކާ އަށް އުފަން ކުއްޖަކަށް ވެފައި އަދި ރާއްޖޭގެ މުބާރާތެއްގައި މިހާތަނަށް ކުޅެފައިނުވާތީ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ. މިއީ 2016 ވަނަ އަހަރުގެ މުބާރާތަކަށްވާތީ މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް 11 އަހަރު ނުފުރޭ ކުދިން ގިނަ އަދަކަކަށް ބައިވެރިވެ، ދީމާ މުޅިން ވެސް ވާދަކުރަން ޖެހުނީ 10 އަހަރު ފުރިފައި ތިބި ކުޅުންތެރިންނާ އެވެ.

ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި
ރާއްޖޭގެ ދީމާ ލަންކާގެ ގައުމީ މުބާރާތުން ރަންވަނައެއް ހޯދައިފި

"ހަމައެކަނި ޗެމްޕިއަންކަން ހޯދުމެއް ނޫން، ކޯޗުން ވަރަށް ބޮޑަށް ތައުރީފުކުރި ދީމާގެ ކުޅުމަށް ވެސް. އަޅުގަނޑުމެން ވެސް ވަރަށް އުފާވެފައި މިތިބީ އޯލް އައިލެންޑް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުމުން. ލަންކާގެ ހުރިހާ ރަށެއްގެ، އެންމެ މަތީ ރޭންކިންގެ ކުޅުންތެރިން ވާދަކުރި މުބާރާތެއް މިއީ. މިފަދަ ކާމިޔާބެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ،" ދީމާގެ މަންމަ އައިޝަތު ވަހީދާ ބުންޏެވެ.

ޖޫނިއާ ގައުމީ މުބާރާތުގެ މި އުމުރުފުރާ ކާމިޔާބުކުރުމުގެ އިތުރުން ދީމާ ވަނީ 220 ކުދިން ވާދަކުރި 12 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މާނައަކީ އޭނާ އަށް ވުރެ ތިން އަހަރު ދޮށީ ކުދިންނާ ވާދަކޮށް އެ އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުދިންގެ ތެރޭގައި ހިމެނުނެވެ. މިއީ އަދި ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ؛ ދީމާ ވަނީ މިދިޔަ އަހަރު ބޭއްވި ލަންކާގެ ވެސްޓަން ޕްރޮވިންސް އޯޕަން މުބާރާތުގެ 15 އަހަރުން ދަށުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.

"އޭނާ ކުޑަކުއްޖަކަށްވާތީ 15 އަހަރުން ދަށުގެ ބައިގައި ބައިވެރިނުކޮށްދޭން އުޅުނީ. އެކަމަކު ގޮތް ބަލާލަން ވެގެން ކުޅެ ފައިނަލުގައި ކުޅުނު. އޭނާ އަށް ވުރެ ހަތް އަހަރު ދޮށީ ކުދިންނާ ވާދަކޮށް ރަނަރަޕްކަން ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެނީ،" ދީމާގެ މަންމަ ބުންޏެވެ.

މީގެ އިތުރުން ދީމާ ވަނީ މިދިޔަ އަހަރު ވެސްޓަން ޕްރޮވިންސުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަމާއި 12 އަހަރުން ދަށުގެ ދެ ވަނަ މަގާމް ހޯދައިފަ އެވެ. މި ކާމިޔާބީތަކާ އެކު ދީމާ އަކީ ތަފާތު މޮޅު ކުޅުންތެރިޔަކަށް ވާނެ ކުޅުންތެރިޔެއްކަން ލަންކާ ކޯޗުން މިހާރު ވެސް ވަނީ ދެނެގެންފަ އެވެ. ސީނިއާ ޓީމަށް ކުޅުންތެރިން ތައްޔާރުކުރަން ފަށާ އުމުރުގެ ކުއްޖަކަށްވާތީ މިހާރުން ފެށިގެން ލަންކާގެ ޖޫނިއާ ޕޫލަށް އޭނާ ގެންދަން ލަންކާ ކޯޗުން ތިބީ ތައްޔާރަށެވެ. ހާއްސަކޮށް ދީމާގެ ބެލެނެވެރިންނަކީ އޭނާގެ ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ އަދި ސަޕޯޓްދޭ ބަޔަކަށްވާތީ ދީމާ އަށް ފުރުސަތުދޭން ލަންކާ ކޯޗުން ބޭނުންވެ އެވެ. ވެސްޓަން ޕްރޮވިންސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޗެއާމަން ވެސް ވިދާޅުވީ "މިތަނަށް ދީމާ ވަރަށް މުހިއްމު" ކަމަށެވެ.

"ވަރަށް ބޮޑު ހިތްވަރެއް ލިބޭ ލަންކާ އިން. އަޅުގަނޑުމެންނަށް މިވަގުތު ހުރިހާ ވެސް ސަޕޯޓެއް ލިބެނީ ލަންކާ އިން. ކޮންމެ މެޗެއް ނިންމާފައި ވެސް އައިސް ދީމާ އަށް ވަރަށް ބޮޑަށް ހިތްވަރުދޭ ކޯޗުން. ކައިރިއަށް އައިސް ލޯބިން ވާހަކަދައްކާލީމާ ދީމާ ވެސް ވަރަށް އުފާވެފައި ހުންނަނީ. މޫނުމަތިން އަޅުގަނޑުމެންނަށް އެނގޭ. މިވަރުގެ ކުއްޖަކަށް އެފަދަ ސަޕޯޓް ވަރަށް މުހިއްމު،" ވަހީދާ ބުންޏެވެ.

ދީމާ އުފަންވީ ލަންކާ އަށް ކަމަށްވީ ނަމަވެސް އަދި ލަންކާ އިން ފުރުސަތު އޮހުނަސް، އަމިއްލަ ގައުމުގައި ދީމާ ކުޅެން އޭނާގެ މަންމަ އާއި އާއިލާ އިން ބޭނުންވެ އެވެ. އެގޮތުން ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ އޭނާގެ މަންމަގެ ހުވަފެނެކެވެ. އަވަސް މުސްތަގުބަލެއްގައި ރާއްޖެ އައިސް ރާއްޖޭގެ މުބާރާތްތަކުގައި ވާދަކުރުވަން ބޭނުންވި ނަމަވެސް އޭރުން ދީމާ އަށް ލަންކާގެ ޖޫނިއާ ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލޭނެ އެވެ.

"ރާއްޖޭގައި ކުޅެފިއްޔާ ލަންކާގެ ޖޫނިއާ ނެޝަނަލްސްގައި ނުކުޅެވޭނެ. އެކަން ޔަގީންވެފައި ވަނީ. އެކަމަކު ރާއްޖޭގައި ކުޅުމަށްޓަކައި އެ މުބާރާތް ދޫކޮށްލަން އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އެހެންވިޔަސް އޭގެ ކުރިން ބަލާލަން ބޭނުން ރާއްޖޭގައި ކުޅެފިއްޔާ ދެން ގެއްލޭނީ ކޮން މުބާރާތްތަކެއްތޯ. ސަބަބަކީ މިއުމުރުގެ ކުއްޖަކަށް ވާދަވެރި މުބާރާތްތައް ވަރަށް މުހިއްމު އެހެންވެ ހުރިހާ މުބާރާތެއް ގެއްލެން އަޅުގަނޑުމެން ބޭނުމެއް ނޫން. ރާއްޖޭގައި ވެސް މަދު މުބާރާތްތަކެއް އޮތުމުން އަޅުގަނޑުމެން ބޭނުންވޭ ލަންކާގެ މުބާރާތްތަކުން ވެސް ފުރުސަތު ލިބެން،" ވަހީދާ ބުންޏެވެ.

ދީމާ ހޯދަމުން އަންނަ ކާމިޔާބީތަކަކީ ރާއްޖެ ފަހުރުވެރިވާނެ ކާމިޔާބީތަކެކެވެ. ހަމައެގޮތަށް އޭނާއާ މެދު ލަންކާގެ ޓޭބަލް ޓޭބަލް ޓެނިހުގެ އާއިލާ އިން ވެސް ފަހުރުވެރިވެ އެވެ. ދީމާ އަކީ އޭނާ ކުޅެމުން އަންނަ އެކަޑަމީން، ލަންކާގެ ޖޫނިއާ ގައުމީ މުބާރާތުގެ އިވެންޓެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. ލަންކާ ކޯޗުންގެ ތެރޭގައި ވެސް ދީމާ ވަރަށް މަގުބޫލެވެ.

ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އޮތް ގައުމެއް ކަމަށްވާ މެލޭޝިއާގައި ދީމާ މިދިޔަ އަހަރު ހޯދީ ވެސް ބޮޑު ކާމިޔާބެކެވެ. މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 11 އަހަރުން ދަށުގެ ބައިން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މިފަދަ އިތުރު ފުރުސަތުތައް ދީމާ އަށް ހޯދައިދޭން އޭނާގެ އާއިލާ އޮތީ ތައްޔާރަށެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފާނެ ހިތްވަރާއި ކާމިޔާބީ ހޯދާނެ ހުނަރު ދީމާގެ ކިބައިގައި އެބަހުއްޓެވެ. އަހަރެމެންނަށް އޮތީ ދީމާ ރާއްޖޭގައި ކުޅެ ހުނަރު ދައްކާލައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރާނެ ދުވަހަކަށް އިންތިޒާރުކުރުމެވެ.