29 މެއި 2016 - 06:22
އައިފޯނު އެހެން ފޯނުތަކާ ވަރަށް ތަފާތެވެ. އޭގެ ހެޑްފޯނު ވެސް ތަފާތެވެ. "އިއަޕޮޑްސް" އަކީ އެޕަލް އިން އައިފޯނާ އެކު އިންގިލާބުކުރި އެއްޗެކެވެ.
އައިފޯނުގެ ހެޑްފޯނު ބޭނުންކުރާއިރު އަހަރެމެން އާންމުކޮށް ކުރަނީ ވަރަށް އާދައިގެ ބޭނުންތަކެވެ. ކޯލަށް ޖަވާބު ދިނުން، ލަވަ ޕޯސްކޮށްލުން ފަދަ ކަންކަމެވެ. އެކަމަކު ހެޑްފޯނުގައިވާ ބަޓަނުން ވަރަށް ގިނަ ކަންތައް ކުރެވެ އެވެ. ކޯލެއްގައި ހުއްޓާ އެހެން ކޯލެއް އަތުވެއްޖެ ނަމަ ކޯލް ހޯލްޑަށް ލުމާއި ކޯލް ރިޖެކްޓްކުރުމާއި ލަވަ ރިވައިންޓް ކުރުމާއި ފާސްޓްފޯވާޑްކުރުން ފަދަ ކިތަންމެ ކަމެއް ކުރެވެ އެވެ.
ޓެކް އިންސައިޑާގެ މި ވީޑިއޯ ބަލައިލާށެވެ. ހެޑްފޯނުން ކުރެވޭނެ 15 ބޭނުމެއް ދަސްވާނެ އެވެ.