މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް

އިނގިރޭސި ސަރުކާރުގެ އިގްތިސާދީ ޕްލޭންގެ މައްސަލައިގައި "އުނބަށް ޖެއްސެވި" އެ ގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމަށް، އެ މަޖިލީހުގެ މެމްބަރުން އަޑުއުފުއްލަވަން ފެއްޓެވުމުން، "އަހަންނަކީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން" ކަމަށް ވިދާޅުވެ ހޫނު ރައްދެއް ދެއްވައިފި އެވެ.

މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް

ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ވަގުތުގައި އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ބޮޑުވަޒީރު ވިދާޅުވީ އޭނާ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ގައުމީ މަސްލަހަތުގައި ކަމަށެވެ. ގައުމުގައި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް

އިދިކޮޅު ލީޑަރު ކިއާ ސްޓާމާ ވިދާޅުވީ ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެ ހުރިހާ ކަމެއް ބޮއްސުންލައިގެން ދާއިރު ވެސް، ބޮޑުވަޒީރުގެ މަގާމުގައި ލިޒް ހުންނަވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. "ކުރައްވާ ވައުދުތަކުގެ މަތީގައި ހަފުތާއަކަށް ވެސް ދެމިނުހުންނެވޭ ބޭފުޅަކަށް" ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް

ކިއާ ސްޓާމާ އެ އިޝާރާތް ކުރެއްވީ، އިގްތިސާދު ރަނގަޅު ކުރުމަށް، ގާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރު ހުށަހެޅުއްވި، ޓެކްސް ކުޑަކުރުމުގެ ޕްލޭން އަނބުރާ ގެންދަވާފައިވާތީ އެކަމަށެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ލިޒް ގެންގުޅުއްވާ އިގްތިސާދީ ވިސްނުމަކީ "ޚިޔާލީ ފޮލައެއް" ކަމަށާއި، ހަރުދަނާކަމެއް ނެތް ސިޔާސަތުގެ ސަބަބުން ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެއްޖެ ކަމަށެވެ.

ޖަވާބުގައި ބޮޑުވަޒީރު ލީޒް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް އިންޓްރެސްޓް ރޭޓް ދަނީ މަތިވަމުން ކަމަށާއި، އިގްތިސާދީ ލަފާކުރުންތައް ގޯސްވަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރުގެ މަގާމުގައި އަދި އެންމެ ދެ މަސްދުވަސް ހޭދަވި އިރު، ލީޒް އަށް ދަނީ އޭނާގެ އަމިއްލަ ކޮންޒަވޭޓިވް ޕާޓީގެ ތެރެއިންނާއި އިދިކޮޅު ލޭބާ ޕާޓީގެ ފަރާތުން ވެސް އެތައް ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. ދެ ފަރާތުން ގޮވަމުން ދާ އިސްތިއުފާގެ އަޑުތަކަށް ބީރު ކަންފަތެއް ދެއްވަމުން ގެންދަވާ އިރު، މިހާތަނަށް އޭނާގެ ސަރުކާރު ދޫކޮށް ދެ ވަޒީރަކު ދުރަށް ޖެހިވަޑައިގެންފި އެވެ.

ޓެކްސް އުނިކުރެއްވުމަށް ހުށަހެޅުއްވި ޕްލޭނާ ދެކޮޅަށް ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ކްވާސީ ކްވާޓެންގް، މިމަހުގެ 14 ވަނަ ދުވަހު ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަންކުރެއްވީ، ޖެރެމީ ހަންޓް އެވެ.

އޭގެ ފަހުން، އެ ގައުމުގެ ދާޚިލީ ވަޒީރު ސުއެލާ ބްރޭވާމޭން އިއްޔެ ވަނީ، ސަރުކާރު ހިންގުމުގެ ތެރޭގައި "ފަންނީ ދެބަސްވުންތަކެއް" އެބަހުރި ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބަދަލުގައި ބޮޑުވަޒީރު ލިޒް އެ މަގާމަށް އައްޔަން ކުރެއްވީ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ގްރާންޓް ޝެޕްސް އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާގެ ޕާޓީގެ ތެރެއިން ގޮވާ އަޑުތައް ދަނީ ގިނަވަމުންނެވެ. ނަމަވެސް، ކޮންޒަވޭޓިވް ޕާޓީގެ ގަވާއިދުތައް މިހާރު ހަމަޖެހިފައި ހުރި ގޮތުން، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ މަގާމުން ދުރުކޮށް، އާ ލީޑަރަކު އައްޔަންކުރުމުގެ އިންތިޚާބެއް ނުބޭއްވޭނެ އެވެ.

ނަމަވެސް ލީޒް އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފިއްޔާ، އާ ލީޑަރަކު އިންތިޚާބު ކުރެވިދާނެ އެވެ. އެހެން ނަމަވެސް، ލިޒްގެ ބަދަލުގައި އާ ލީޑަރަކަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕާޓީގެ އިސް ވެރިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާތީ، ލިޒް އިސްތިއުފާ ދެއްވިޔަސް، މައްސަލަ ހައްލު ކުރުން ފަސޭހައެއް ނުވާނެ އެވެ.