ޓީވީ ތަރި ސަލްމާން ކައިވެނިކޮށްފި
ޓީވީ ތަރި ސަލްމާން ކައިވެނިކޮށްފި

އެމްޓީވީން ދެއްކި މަޝްހޫރު ޝޯ، "އޭސް އޮފް ސްޕޭސް 2" ކާމިޔާބުކުރި ސަލްމާން ޒައިދީ އާއި އޭނާގެ ލޯބިވެރިޔާ ޒޭބާ ހަސަން ކައިވެނިކޮށްފި އެވެ.

ޒޭބާއަކީ އިންޑިއާގެ ހައިދަރުއާބާދަށް އުފަން، މޭކަޕް އާޓިސްޓެކެވެ. އޭނާ ވަނީ މަޝްހޫރު ގިނަ ފަންނާނުންތަކެއްގެ މޭކަޕް ކޮށްދީފަ އެވެ.

އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި ކުރި ކައިވެނީގެ ފޮޓޯތައް ސަލްމާން ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.

ސަލްމާނާއި ޒޭބާ އެންގޭޖުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ގަ އެވެ. ހައިދަރުއާބާދުގެ ފަލަކްނުމާ ޕެލްސްގައި އޮތް އެ ރަސްމިއްޔާތުގެ ފޮޓޯ ވެސް އެމީހުން އާންމުކުރި އެވެ.

ސަލްމާން ކައިވެނީގެ ކުރިން، އޭނާގެ ކުރީގެ ލޯބިވެރިޔާ ކްރިސަން ބަރޭޓޯއާ އެކު މީގެ ހަފްތާތަކެއް ކުރިން "އެކްސް އޯ ނެކްސްޓް" ކިޔާ ޑޭޓިން ޝޯއެއްގައި ވެސް ބައިވެރިވި އެވެ.

އެކަމާ ގުޅިގެން ސަލްމާން ބުނެފައި ވަނީ އެއީ އޭނާގެ އެންގޭޖްމެންޓްގެ 9 މަސް ކުރިން ޝޫޓްކޮށްފައިވާ ޝޯއެއް ކަމަށެވެ. ކުރީގެ ލޯބިވެރިޔާ އެ ޝޯއަށް ދާކަން ނޭނގޭ އޭނާއާ އަލުން ރައްޓެހިވާން ޖެހޭ ސަބަބެއް ނެތްކަން ޝޯގެ ތެރެއިން ޔަގީންވި ކަމަށް ބުންޏެވެ.

ސަލްމާނާއި ޒޭބާ ކައިވެނިކުރީ ތިން އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.