ބޭޅިޔާ: ވަރުން ޖަނަވާރަކަށްވެ ޝިކާރަކުރަނީ
ބޭޅިޔާ: ވަރުން ޖަނަވާރަކަށްވެ ޝިކާރަކުރަނީ

ބޮލީވުޑްގެ ތަރި ވަރުން ދާވަން އާއި ކްރިތީ ސަނޮންގެ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ" ގެ ޓްރެއިލާ ނެރެފި އެވެ.

ބިރުވެރި-މަޖާ މި ފިލްމަކީ "މެޑްޑޮކްސް ފިލްމްސް" ގެ ފިލްމެކެވެ.

އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ ފިލްމުގެ ޓްރެއިލާ އިން ފެންނަނީ ވަރުން، "ވުލްފް" އަކަށް ބަދަލުވާ ތަނާއި އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުގެ ވާހަކަ ކްރިތީ ގާތު ބުނާ ވާހަކަ އެވެ. އަދި އޭނާގެ ހަށިގަނޑަށް އަންނަ ބަދަލާ އެކު ވަރަށް ބޮޑަށް ރުޅިގަދެވެގެން އުޅޭ މަންޒަރާއި ޖަނަވާރުން ކެއުމަށް އޭނާ ޝިކާރަކުރާ މަންޒަރު ވެސް ފެނެ އެވެ.

ކްރިތީ އާއި ވަރުންގެ އެކުވެރިން އެކަމަށް ފަރުވާއެެއް ހޯދުމަށް ކުރާ މަސައްކަތް ވެސް ފިލްމުގައި ފެންނާނެ އެވެ.

ފިލްމުގައި ކްރިތީ ވެސް ފެންނަނީ ކޮނޑާ ހަމައަށް އަރާ ވަރުގެ އިސްތަށިގަނޑަކާ އެކު އެވެ.

އަމަރު ކޯޝިކްގެ މި ފިލްމު ނެރޭނީ އަންނަ މަހުގެ 25 ގަ އެވެ. މި ފިލްމުގައި ވަރުން މި ފެންނަނީ އޭނާ ދުވަހަކު ވެސް ނުކުޅޭ ކަަހަލަ ރޯލަކުންނެވެ.