ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި
ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތައާރަފުކޮށްފި އެވެ.

ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި
ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި

އެ ކޯހަކީ މޯލްޑިވްސް ސުޕާ ޓްރާންސްފާ ސާވިސް (އެމްއެސްޓީއެސް) އާއި ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފެޑަރޭޝަން (ބީޑަބްލިއުއެސްޑަބްލިއު) އާއި ގުޅިގެން ތައާރަފު ކުރި ކޯހެކެވެ. އެ ކޯސް ތައާރަފު ކޮށް ދެއްވީ ސީސީއާރުގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި
ޓޯވް ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ރާއްޖެ އަށް ތައާރަފުކޮށްފި

އެމްއެސްޓީއެސްއިން ބުނީ އެ ކޯހުގެ މަގުސަދަކީ ރާއްޖޭގެ ވޯޓާ
ސްޕޯޓްސް ދާއިރާގައި އުޅޭ ޒުވާނުންނަށް ޓޯވް ސްޕޯޓްސް ދަސްކޮށްދިނުން ކަމަށެވެ. އަދި އެ ކުޅިވަރާ ގުޅޭ ސަލާމަތީ ކަންތައްތައް ދަސްކޮށްދިނުމާއި، އެ ކުޅިވަރުގެ ސޭފްޓީ ސްޓޭންޑާޑްތައް ދަސްކޮށްދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްއެސްޓޯއެސްގެ އިސްވެރިޔާ މަސީހު އިމާދު ވިދާޅުވީ އެ ކޯހުގެ ސަބަބުން ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާގައި އުޅޭ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި ގިނަ ޒުވާނުންތަކެއް އެ ދާއިރާއަށް ވަނުމަށް ޝައުގުވެރި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެސްޓޯއެސްއިން ބުނީ އެ ކޯސް ކޮންމެ އަހަރަކު ވެސް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެމްއެސްޓީއެސް އަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވޯޓާ ސްޕޯޓްސް ހިންގަމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ވީޑީޑަބްލިއުއެސް އާއި ޕެޑީގެ އެކްރެޑިޓޭޝަން ހޯދާފައިވާ ކުުންފުންޏެކެވެ.