ގައުމިިިީ ބިލިއާޑް މުބާރާތުގެ މި އަހަރުގެ ޕާޓްނަރުންނަށް ވެސް މިހާރު އަދި ލިޓަސް
ގައުމިިިީ ބިލިއާޑް މުބާރާތުގެ މި އަހަރުގެ ޕާޓްނަރުންނަށް ވެސް މިހާރު އަދި ލިޓަސް

އަންނަ މަހު ފަށާ މި އަހަރުގެ ގައުމިީ ބިލިއާޑް މުބާރާތުގެ ސްޕޮންސަރުންނަށް ލިޓަސް އަދި "މިހާރު" އޮންލައިން ހަމަޖައްސައި އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ގައުމިިިީ ބިލިއާޑް މުބާރާތުގެ މި އަހަރުގެ ޕާޓްނަރުންނަށް ވެސް މިހާރު އަދި ލިޓަސް
ގައުމިިިީ ބިލިއާޑް މުބާރާތުގެ މި އަހަރުގެ ޕާޓްނަރުންނަށް ވެސް މިހާރު އަދި ލިޓަސް

މިދިޔަ އަހަރު މުޅިން އަލަށް ފެށި ބިލިއާޑްގެ ގައުމީ މުބާރާތުގައި އެ އަހަރުގެ މީޑިއާ ޕާޓްނަރަކީ ވެސް "މިހާރު" އެވެ.

ޒުވާނުންނާއި އެކި ކްލަބްތަކުގެ މެދުގައި މަގުބޫލު ބިލިއާޑްގެ މި އަހަރުގެ މުބާރާތުގައި ވެސް ލިޓަސް އަކީ ޓައިޓަލް ސްޕޮންސަރެވެ. މިދިޔަ އަހަރު ވެސް އެއީ ބިލިއާޑް މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ.

މި އަހަރުގެ މުބާރާތުގެ ކަވަރޭޖާއި ފޮޓޯތައް ވެސް ކިޔުންތެރިންނަށް "މިހާރު" އިން ގެނެސްދޭނެ އެވެ.

އަންނަ މަހު ތިން ވަނަ ދުވަހު ފަށާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ. ފައިނަލުގައި އެ ޓީމު ކާމިޔާބު ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލި ކުރުމަށް ފަހު އެވެ.

މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަނަކީ ދީނާ އަހްމަދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އާއި އަލީ ފަޔާޒުގެ ޕެއާ އެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ އެވެ. ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ގިނަ އަދަދެއްގެ އަންހެން އެތުލީޓުން ވާދަ ކުރުމުން، ބިލިއާޑް އެސޯސިއޭޝަން (އޭމްޕީބީއޭ) ގެ ރައީސް އަހްމަދު ނާސިފް ވަނީ އެކަމާ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. މިދިޔަ އަހަރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް އޭނާ ވިދާޅުވީ ބިލިއާޑްގެ މުބާރާތްތަކުގައި ޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމަށް އިސްކަން ދެއްވާނެ ކަމަށެވެ.