ޓްރީ ޓޮޕުން ކުޑަކުދިންގެ ދަތުގެ ސިއްހަތަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފި
ޓްރީ ޓޮޕުން ކުޑަކުދިންގެ ދަތުގެ ސިއްހަތަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފި

ކުޅުދުއްފުށީގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް ހާއްސަކޮށް ކުޑަކުދިންގެ ދަތުގެ ސިއްހަތަށް އަހުލުވެރި ކުރުވުމުގެ ސެޝަނެއް ޓްރީ ޓޮޕުން ބާއްވައިފި އެވެ.

ޓްރީ ޓޮޕުން ކުޑަކުދިންގެ ދަތުގެ ސިއްހަތަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފި
ޓްރީ ޓޮޕުން ކުޑަކުދިންގެ ދަތުގެ ސިއްހަތަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފި

އެ ހޮސްޕިޓަލުން ބުނީ އެ މައުލޫމާތުު ސެޝަނަކީ 14 އަހަރުގައި ކުޑަކުދިންނަށް ދިމާވާ އަނގަ އާއި ދަތުގެ ބައެއް މައްސަލަތަކުގެ މައުލޫމާތު ހިމައިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ. އެ ސެޝަނުގައި އާއްމުކޮށް އަނގަ އާއި ދަތަށް ޖެހޭ ބައެއް ބަލިތަކާއި އަލާމަތްތަކާއި އެ ކަމުގެ ހައްލު ވަނީ ކިޔައިދީފަ އެވެ. އަދި އަނގަ އާއި ދަތްތައް ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަމާއި އަނގައިގެ ސިއްހަތަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ވަނީ ބުނެދީފަ އެވެ.

ޓްރީ ޓޮޕުން ބުނީ އެ ސެޝަނުގައި އާއްމުކޮށް ބެލެނިވެރިންގެ ފަރާތުން ޑޮކްޓަރުންނާ ކުރާ ބައެއް ސުވާލުތަކާއި ޖަވާބު ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ ސެޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އެ ސެޝަން ބާއްވާފައި ވަނީ އަފީފުއްދީން ސްކޫލް ހޯލްގަ އެވެ. އެ ސެޝަނުގައި މައުލޫމާތު ދެއްވީ ޓްރީ ޓޮޕްގެ ކުޑަކުދިންގެ ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އައިޝާ ނިހާ އެވެ.

ޑރ. އައިޝާ ނިހާ އިބްރާހީމަކީ ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލުގެ 10 ބްރާންޗެއްގައި މަސައްކަތް ކުރައްވައިފައިވާ ޑެންޓިސްޓެކެވެ. ޑރ. ނިހާ ތައުލީމު ހާސިލް ކުރެއްވީ އިންޑިއާގެ މެންގަލޫރުގައި ހުންނަ އޭބީ ޝެޓީ މެމޯރިއަލް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސާވިސެސް އާއި ޔެނެޕޮޔާ ޑެންޓަލް ކޮލެޖުންނެވެ. ޑރ. ނިހާ ވަނީ ޑެންޓަލް ސާޖަރީއިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ.

ޓްރީ ޓޮޕްއިން ކުރިއަށް ގެންދިޔަ އެ ސެޝަނަކީ އެ ރަށުގައި ބޭއްވި ހެލްތު ކޭމްޕާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.