ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ
ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ

ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ
ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ "މިހާރު" އަށް މިއަދު ވިދާޅުވީ މަސައްކަތުގައި އުޅޭއިރު ނަރުހުންނަށް ފަސޭހަވާނެ ގޮތަށް ޔުނީފޯމު ބަދަލުކުރަން ނިންމައި އެކަން ހުށަހެޅީ ނަރުހުންގެ ޖަމިއްޔާ އިން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ
ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ

އެހެންވެ، ރަށްރަށުގެ ނަރުހުންގެ ޔުނީފޯމު، ހުދު ކުލައިން މަޑު ފެހި ކުލައަކަށް އަދި އެޓެންޑެންޓުންގެ ޔުނީފޯމު ނޫ ކުލަ އަށް ބަދަލުކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ނިންމާފައި އޮތީ މި މަސް ފެށުމުގެ ކުރިން ހުރިހާ ރަށެއްގެ ނަރުހުންގެ ޔުނީފޯމު ބަދަލުކުރާށެވެ. އެކަމަކު، ފޮތި ލިބުމުގެ ދަތިތަކާ ހެދި އެ މުއްދަތު މި އަހަރުގެ ފަހުކޮޅަށް ބަދަލުކުރީ އެވެ.

އެކަމަކު، ބައެއް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން މިހާރު ވެސް ވަނީ ޔުނީފޯމު ބަދަލުކުރަމުންނެވެ. އޭގެ ތެރޭގައި ނ. ލަންދޫ ސިއްހީ މަރުކަޒާއި ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނާއި އެޓެންޑެންޓުން ހިމެނެ އެވެ.

ޝަތުފާ ވިދާޅުވިގޮތުގައި ޔުނީފޯމު ބަދަލުކުރަނީ ނަރުހުންނާއި އެޓެންޑެންޓުންނަށް ލިބޭ ޔުނީފޯމު އެލަވަންސްގެ ތެރެއިންނެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ފެށިއިރު ނަރުހުންގެ ޔުނީފޯމު ހުރީ ހުދު ކުލައިގަ އެވެ. އެކަމަކު މި ވީ އަހަރުތަކުގެ ތެރޭގައި އެ ޔުނީފޯމަށް އެތައް ބަދަލުތަކެއް އައި ނަމަވެސް، ގިނަ ރަށްރަށުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގައި އަދި ވެސް ބޭނުންކުރަނީ އެ ހުދު ޔުނީފޯމެވެ.