18 އޮކްޓޯބަރ 2022 - 06:19

މިމަހުގެ 25 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު، "ތޭންކް ގޯޑް" ގެ އާ ލަވައެއް ނެރެފި އެވެ.
"ދިލް ދޭ ދިޔާ ހޭ" ގެ ނަމުގައި ނެރެފައިވާ މި ލަވައަކީ ރިމޭކެކެވެ. މިއީ 2003 ގައި ނެރެފައިވާ ފިލްމު، "މަސްތީ" ގައި ހިމެނޭ އަސަރުގަދަ ލަވައެކެެވެ.
މަސްތީ އަކީ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ލީޑު ރޯލުގައި ވިވޭކް އޮބްރޯއީ އާއި އަފްތަބް ޝިވްދަސާނީ އާއި ލާރާ ދައްތާ އާއި އަޖޭ ދޭވްގަން އާއި ގަނީލާ ޑި ސޫޒާގެ އިތުރުން އީޝާ ޑިއޯލް އަދި އަމްރިތާ ރާއޯ އުޅޭ އެ ފިލްމުގެ "ދިލް ދޭ ދިޔާ ހޭ" އަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ލަވައެކެވެ.
މިިފަހަރު، "ތޭންކް ގޯޑް" ގައި ވެސް އެ އެ ލަވަ ހިމެނީ އެވެ. ރަޝްމީ ވިރާގާއި ސަމީރު ލިޔެ، އަނަންދު ރާޖް އަނަންދު ކިޔާފައިވާ އެެ ލަވަ ކުރިއަށް އޮތް ލޯބީގެ ފިލްމު، "ތޭންކް ގޯޑް" ގައި ހިމެނީ ސިދާތާއި ރަކުލްގެ ލޯބީގެ ވާހަކަ ދައްކާ ގޮތަށެވެ.
މި ފިލްމުގައި ހިމެނިއިރު މީގެ ކުރިން ވެސް ނެރުނު ދެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެއީ ސިންހަޅަ ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކޭ" ގެ ހިންދީ ވާޝަންގެ އިތުރުން "ހާނިޔާ ވޭ" އެވެ.
ދިލް ދޭ ދިޔާ ހޭގައި ސިދާތާއި ރަކުލްގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެމީހުންނަށް ސަޕޯޓަރުން ވަނީ ލޯބި ބަންޑުންކޮށްލައިފަ އެވެ.