މިޑްލީ ރިލޭގެ ޔޫތު ރެކޯޑާއި ޖޫނިއާ ރެކޯޑް މުގުރާލައިފި
މިޑްލީ ރިލޭގެ ޔޫތު ރެކޯޑާއި ޖޫނިއާ ރެކޯޑް މުގުރާލައިފި

ކުވޭތު ސިޓީގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ރިލޭ ޓީމުން މިޑްލީ ރިލޭގެ ފިރިހެން ޔޫތު ރެކޯޑާއި ޖޫނިއާ ރެކޯޑް އިއްޔެ މުގުރާލައިފި އެވެ.

މިޑްލީ ރިލޭގެ ޔޫތު ރެކޯޑާއި ޖޫނިއާ ރެކޯޑް މުގުރާލައިފި
މިޑްލީ ރިލޭގެ ޔޫތު ރެކޯޑާއި ޖޫނިއާ ރެކޯޑް މުގުރާލައިފި

ހުސެއިން ޒީކް ސައުދު އާއި އިބްރާހީމް ނާހިލް ނިޒާރާއި ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިން ހިމެނުނު ޓީމުން ރެކޯޑް މުގުރާލީ 2 މިނެޓު 8.82 ސިކުންތުން ދުވެގެންނެވެ.

މި ދެ ރެކޯޑް ވެސް ކުރިން އޮތީ 2015 ވަނަ އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި 2 މިނެޓު 8.83 ސިކުންތުން ދުވި ރިލޭ ޓީމުގަ އެވެ. އެ ޓީމުގައި ދުވީ އިބްރާހީމް އަޝްފާން އަލީ (އައްޕި) އާއި އަހުމަދު ނާހިލް މަސްއޫދު އާއި ނިފާހު އަލީ އަދި އަލީ ޝާމް އެވެ.

މިޑްލީ ރިލޭގައި ކޮންމެ ދުވުންތެރިއަކު ވެސް ދުވާނީ 100 މީޓަރު، 200 މީޓަރު، 300 މީޓަރު އަދި 400 މީޓަރުގެ ތެރެއިން އެ ދުވުންތެރިއަކަށް ކަނޑައެޅިފައިވާ ރާސްތާ އެކެވެ. މި އިވެންޓް ރާއްޖޭގައި އާއްމުކޮށް ބާއްވަނީ އިންޓަ ސްކޫލް ފެންވަރުގަ އެވެ.

މުބާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ މަރިޔަމް ރޫޔާ އަލީ ވަނީ 100 މީޓަރު ދުވުމުން ޔޫތު ރެކޯޑް އާކޮށް ފައިނަލުގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރު މާލޭގައި އޮތް ގްރޯން ޕްރީގައި 12.53 ސިކުންތުން ދުވެގެން ރޫޔާ ހެދި ރެކޯޑް މި ފަހަރު އޭނާ އާކުރީ ފުރަތަމަ ބުރުގައި 12.52 ސިކުންތުން ދުވެގެންނެވެ. އެ ބުރުގެ ހަތަރު ވަނަ ހޯދައި ފައިނަލަށް ދިޔަ ނަމަވެސް އެ ބުރުގައި ދުވެވުނީ 12.78 ސިކުންތުންނެވެ.

މުހައްމަދު މިންހާލް ޝާމިން 11.07 ސިކުންތު

އިބްރާހީމް ނާހިލް ނިޒާރު 11.18 ސިކުންތު

ޔޫސުފް އާއިޝް މުހައްމަދު 54.49 ސިކުންތު

ހުސެއިން ޒީކް ސުއާދު 23.47 ސިކުންތު

މުހައްމަދު މިންހާލް ޝާމިލް 22.66 ސިކުންތު

މަރިޔަމް ރޫޔާ އަލީ 26.72 ސިކުންތު