ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް
ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް

ސިފައިން ހަމައެކަނި ދަސްކުރަންޖެހޭނީ، ގައުމާ ދެކޮޅަށް ނުކުންނަ މީހުންނާ ބަޑި އާއި ހަތިޔާރާއެކު ކުރިމަތިލުމަށް ނޫން ކަމަށާއި ރާއްޖޭގެ ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް ސިފައިންގެ މަސައްކަތެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް
ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް

ޑިފެންސް މިނިސްޓްރީން އިންތިޒާމު ކޮށްގެން ސިފައިންގެ މެދުގައި ބާއްވާ ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި ނެތެމުންދާ ސަގާފީ ކަންތައްތައް ދިރުވައި އާލާކުރުމަކީ ވެސް ސިފައިންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް
ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް

"ރާއްޖޭގެ ދިފާއީ ކަންކަމާ ޒިންމާވެގެން ތިބޭ ބަޔަކަށް ވީ ހިނދި، އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރަންވީކީ ބަޑި ހިފައިގެން ނޫނީ ހަތިޔާރާއެކު އަޅުގަނޑުމެންނާ ކުރިމަތިލާ ބަޔަކަށް ކުރިމަތިލާން ދަސްކުރާކަށް ނޫން. އަޅުގަނޑުމެންގެ ޓްރެޑިޝަން، އަޅުގަނޑުމެންގެ ކަލްޗާ، މި ހުރިހާ އެއްޗެއް ދިރުވުން މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިއީ ވެސް މެންޑޭޓުގައި ހިމެނޭ ކަމެއް،" އިއްޒުއްދީން ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވި އެވެ.

ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް
ދަސްކުރަންވީ ހަމައެކަނި ހަތިޔާރާއެކު ކުރިމަތިލާކަށް ނޫން، ސަގާފަތް ދިރުވައި އާލާކުރުމަކީ ވެސް މަސައްކަތެއް: ޝިޔާމް

ޝިޔާމް ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ވެސް އެފަދަ މުބާރާތްތައް ބާއްވަން ގަސްތުކުރައްވާ ކަމަށެވެ.

ސިފައިންގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތުގައި ސިފައިންގެ 18 ޔުނިޓަކުން ބައިވެރިވި އެވެ. މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި އެއިން ކޮންމެ ޔުނިޓަކުން ވެސް ވަނީ ރިޔަލު ދޯނި އަދި ފަލި ޖެހުމަށް ދެ ޓީމު ނަގައިފަ އެވެ.

މި މުބާރާތް ބާއްވަނީ އިއްޒުއްދީން ފާލަމާ ދިމާލުގަ އެވެ. މުބާރާތުގައި ފަލީގަ އާއި ރިޔަލުގައި 400 މީޓަރުގެ ދުރުމިނަށް ދޯނި ދުއްވަން ޖެހޭނެ އެވެ. މުބާރާތުން އެއް ވަނަ ލިބޭ ޓީމަކަށް، ހާއްސަ ޝީލްޑަކާއި ހަނދާނީ ލިޔުން ދޭނެ އެވެ.

މުބާރާތަށް ހާއްސަކޮށްގެން ފަސް ރިޔަލު ދޯނި އަދި ފަލިޖަހާ ފަސް ދޯނި ބަނދެފައިވަނީ ރ. އިނގުރައިދޫގަ އެވެ. ރިޔަލު ދޯނި ދުއްވަން ތިން މީހުން އަދި ފަލި ޖަހަން ހަތް މީހުން ދޯނީގައި ތިބެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސިފައިންގެ ވަޒީފާ އިން ރިޓަޔަ ކުރައްވާފައިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.