ލި-ނިންގް މޯލްޑިވްސް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ލި-ނިންގް މޯލްޑިވްސް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މި އަހަރުގެ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އެ ޓޯނަމެންޓަކީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބީޑަބްލިއުއެފް އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން ބާއްވާ ޗެލެންޖެކެވެ. ދިރާގުން ބުނީ އެ ޗެލެންޖަކީ، ތިން ލެވެލްއަކަށް ބަހާލައިގެން 70 ޓޯނަމެންޓެއް ހިމެނޭ ޗެލެންޖެއް ކަމަށެވެ.

އެ ޗެލެންޖުގައި ހިމެނޭ ލެވެލްތަކަކީ، އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ. ކޮންމެ މުބާރާތަކުން ވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕޮއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިން ޕޮއިންޓް ލިބޭނެ އެވެ.

ރާއްޖޭގައި އެ ޗެލެންޖު ކުރިއަށް ދާނީ މި މަހުގެ 18 އިން 23އަށެވެ. އެ ޗެލެންޖު ބާއްވަން ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގަ އެވެ.

އެ ޓޯނަމެންޓުގައި ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ގައުމެއްގެ ކުޅުންތެރިން އެ ޓޯނަމަންޓުގައި ބައިވެރިވާނެ އެވެ.