17 އޮކްޓޯބަރ 2022 - 11:57

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 16 ޖީބީ އިތުރަށް ލިބޭ ޑޭޓާ އެޑް-އޮން އެއް ތައާރަފުކޮށްފި އެވެ.
އެ އެޑް-އޮން އަކީ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ 275 ރުފިޔާގެ އެޑް އޮން އެކެވެ. ދިރާގުން ބުނީ ދިރާގު އެޕާއި އެސްއެމްއެސް މެދުވެރިކޮށް އެ އެޑް އޮން އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ. އެގޮތުން، "16ޖީބީ" ޖެހުމަށް ފަހު 343 އަށް މެސެޖު ކޮށްގެން އެ އެޑްއޮން އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިރާގުން ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިމިޓެޑް އޮފާތައް ދިރާގުން އަބަދުވެސް ދެ އެވެ. އަދި ކަސްޓަމަރުންނަށް ގިނަ ބެނިފިޓްތަކެއް ލިބޭ އެކި ޕެކެޖުތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެ ކަސްޓަމަރެއް ބޭނުންވާ މިންވަރަކަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމަނައިގެން ނެގޭ ކޮމްބޯ ޕްލޭނާއި، ކޮންމެ ދުވަހަކު ރިފްރެޝްކޮށް ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ސަޅި ޕްރިޕެއިިޑް ޕްލޭން ވެސް ހިމެނެ އެވެ.
ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް ފަރުމާކުރެވޭ މަމެން ޕްލޭނަކީ ވެސް ދިރާގު ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޕެކޭޖެކެވެ.