މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"
މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"

ކޯޓުތަކުން މީހުންނަށް ބަންދު މުއްދަތު ޖަހަމުންދާ އުސޫލަށް ފާޑު ވިދާޅުވެ، އަދި ޝަރީއަތް ނިމެންދެން ބަންދުކުރާ އެންމެން ޕީޕީއެމްގެ ވެރިކަމުގައި މިނިވަން ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"
މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"

ހއ. އަތޮޅަށް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި ފުލުހުންނާއި ކޯޓުތަކުން އަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"
މުއްދަތު ޖަހާ ގޮތުން ޔާމީންގެ ނުރުހުން: "ވާނުވާގައި ތިބި މީހުން މިނިވަން ކުރާނަން"

ޔާމީން ވިދާޅުވީ، ސުލްހަވެރިކަމާ އެކު އެއްވެ، ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް، ކޯޓުތަކުން ބަންދުގެ މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށާއި ހަމައެކަނި ބަންދުކުރަން ޖެހޭނީ މުޖުތަމައަށް ނުރައްކާތެރި މީހުން ކަމަށެވެ.
އެ މަނިކުފާނުގެ ވެރިކަމެއްގައި ގާނޫނުތަކުން އެކަން ކަށަވަރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް ދަންނަވާލަން އޮތީ މިއީ ބޮޑެތި މުޖްރިމުން ހެއްޔޭ. ތަނަކަށް އެއްވެ މީހުން ހިޔާލުފާޅުކުރަނީ ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް. އެއީ ހައްގު ކަމެކޭ އެއީ ކުރެވޭނެ ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.

މިހާރުގެ އިދިކޮޅު ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުކުންނަވާ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގައި ބަންދު މުއްދަތު ޖެހޭނީ ބޮޑެތި ކުށްވެރިންނަށް އެކަނި ކަމަށް ކަނޑައަޅާނެ އެވެ.

"ފަނޑިޔާރުން ތި ކުރައްވާ މަސައްކަތް އަޅުގަނޑުމެން ގާނޫނުން ރެގިއުލޭޓް ކުރާނީ. މުއްދަތު ޖައްސަވާ. އެކަމަކު މުއްދަތު ޖައްސަވަން ޖެހޭނީ ބޮޑެތި ބޮޑެތި މުޖްރިމުން ކަމަށް ތުހުމަތު ކުރެވޭ ކަންކަމުގައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ތިބޭ ކަމަށާއި އަދި އެއީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް ވިދާޅުވި އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލުން ވެރިކަން ލިބިއްޖެ ނަމަ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 10 ދުވަހު އެފަދަ އެންމެން މިނިވަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ތިން ހަތަރު، ހަތް އަހަރުވެފައި ތިބި މީހުން ވެސް ތިބޭނެ. އަދިވެސް ނޫޅެޔޭ ޝަރީއަތްތައް ނިމޭކަށް،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި ހުރިހާ އެންމެން އިރާދަކުރެއްވިއްޔާ މިނިވަން ވެގެން ދާނެ. އެއީ އެ މީހުން އެތަނުގައި ތިބޭކަށް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އާދައިގެ ކުށްތަކުގައި އެއްފަހަރު ބަންދު ޖެހުމަށް ފަހު ދެވަނަ ފަހަރަށް ބަންދު ނުޖެހޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުން އެދުނީމާ ދައުލަތުން އެދޭހާ ގޮތަކަށް ނުޖެހޭނެ ފަނޑިޔާރުން މުއްދަތު ޖަހާކަށް. އެއީ ގޯސް އެ ވަނީ."

ޔާމީން ވިދާޅުވީ، މިހާރު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިތުބާރު ކުރެވެނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. ހައި ކޯޓާއި ދަށު ކޯޓުތަކުގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރަކު ލައްވައި، ސަރުކާރުން ނުވަތަ އަޅުގަނޑު ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނިތޯ. ނޯންނާނެ ބުނެވޭކަށް،" އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާ ކަން ޔަގީން ކޮށްދެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މީހުން ހައްޔަރު ކުރުމުގެ ފުރުސަތު އެ މަނިކުފާނުގެ ވެރިކަމުގައި ނޯންނާނެ ކަމަށެވެ.