13 އޮކްޓޯބަރ 2022 - 10:43

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ރީނދޫ އެލާޓް މިއަދު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާގެ ވެބްސައިޓުގައި ބުނީ ހެނދުނު 9:15 އިން މެންދުރު 1:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ވެސް، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައި ގަަދަވާނެ އެވެ.
އެ ވަގުތުތަކުގައި ރާޅުގެ އުސްމިން 4-7 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ އެވެ.