12 އޮކްޓޯބަރ 2022 - 12:57

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
އެއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވާތީ ރައީސް އޮފީހުން އެއްވެސް ތަފުސީލެއް ނުދެ އެވެ.
ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން މި އަހަރުގެ ފެބްރުއަރީ މަހު ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން މިދިޔަ އޭޕްރިލް މަހު ވެސް އެ މަނިކުފާނުގެ ދެކަނބަލުން އެ ގައުމަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
ރައީސް، ތައިރޮއިޑްގެ ސާޖަރީ ހެއްދެވީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވުމަށް ފަހު އެވެ. އެ މަނިކުފާނު އަލުން މަގާމާ ހަވާލުވެވަޑައިގަތީ އެ ސާޖަރީ ނިމުމުން، ތިން ގަޑިއިރާއި 30 މިނެޓް ފަހުންނެެވެ.