10 އޮކްޓޯބަރ 2022 - 14:09

މާލޭގައި ފުޅާ ދާއިރާއެއްގައި ޑްރަގް ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ޒުވާނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 20 އަހަރުގެ އެ ޒުވާނާ ހައްޔަރުކުރީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ޑްރަގް އެންފޯސްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ އަތުލައިގަތީ ހެންވޭރު ތުއްރަވާސް ގޯޅިންނެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު ޑްރަގް ޓްރެފިކް ކުރާ މީހެއް ކަމަށް ގާނޫނީ ގޮތުން ބެލެވޭ މިންގަނޑަށް ފެތެރޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ. އެކަމަކު އޭނާގެ އަތުން ފެނުނީ ކިހާ ޑްރަގެއް ކަމެއް ނުބުނެ އެވެ. އަދި ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި މިވަގުތަށް ހާމަކޮށްފައި ވަނީ ތަހުގީގަށްޓަކައި މި ވަގުތަށް ހާމަކުރެވެން ހުރި މައުލޫމާތު ކަމަށެވެ.