10 އޮކްޓޯބަރ 2022 - 09:38

އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާ އަތުން 7-0 ރާއްޖެ ބަލިވެއްޖެ އެވެ.
މުބާރާތް ރާއްޖެއިން ނިންމާލީ ލަނޑެއް ނުޖެހި އެވެ. ސައުދީގެ ޚްބާރުގައި ހުންނަ ސައުދު ބިން ޖަލަވީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިޔަންމާގެ ސާ މައި ޒާ އަދި ދޭ ސޯން އައުންގް، ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ލަނޑު މައި ޒާ ޖެހީ ހަތްވަނަ މިނެޓްގަ އެވެ. ޓީމުގެ ދެވަނަ ލަނޑު ވެސް 28 ވަނަ މިނެޓްގައި ޖެހީ އޭނާ އެވެ. ތިންވަނަ ލަނޑު ޖެހީ ސޯން އައުންގް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޔަތު ޕޯން ކާންޓް އެ ޓީމުގެ ހަތަރުވަނަ ލަނޑޫ ޖެހި އެވެ.
ދެވަނަ ހާފުގައި ޖެހީ އަނެއް ތިން ލަނޑު ޖެހީ ސޯން އަުންގް އައުންގް ޒާ މިޔޯ އަދި މިޔޯ މިން ކާންޓް އެވެ.
ގުރޫޕްގެ ފަހު މެޗުގައި ސައުދީ އަރަބިއާ އަތުން 2-1 ން އިންޑިއާ ބަލިވި ނަމަވެސް، އިންޑިއާ ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު ބާއްވާ މުބާރަތަށް ކޮލިފައި ވެފަ އެވެ. އިންޑިއާއިން ވަނީ ނުވަ ޕޮއިންޓް ހޯދާފަ އެވެ.
ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވި ސައުދީ އަރަބިއާ އެވެ.