ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި
ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި

މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މިރޭ ހުޅުވައިފި އެވެ.

ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި
ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި

ކާނިވާ ސަރަހައްދުގައި ހެދި "މާލެ ފެހި" ފިހާރަ ހުޅުއްވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި
ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފި

އެ ފިހާރަ ހުޅުވައިދެއްވުމަށް ފަހު މޭޔަރު ވިދާޅުވީ، އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

އާއްމުންނަށް ގަސް ގަނެވޭނެ ގޮތަށް އައުޓްލެޓެއް ހުޅުވުމުގެ ބޭނުމަކީ ވެސް މާލެ ފެހިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީ، ގޭގަ އާއި ގޯތިތެރޭގައި ގަސް ހައްދަން ބޭނުންވާ މީހުންނަށް އެ ޖާގަ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ އެކި މައިޒާންތަކާއި ޕާކުތައް ފެހިކުރަން ގަހާއި ވިނަ އިންދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފިހާރަ ހުޅުވިއިރު 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ވިއްކަން އެބަހުއްޓެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ގަސް ގަތުމަށް މިހާރު ވެސް އެކި ފަރާތްތަކުން އަންނަނީ އެދެމުންނެވެ. އޭގެ ސަބަބުން ސިޓީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދައި ފެހިކުރާ ބައެއް ކަމަށެވެ. އެއީ ގަސް ކަނޑައި ގަސްތަކާ ދުރުބައެއް ނޫން ކަމަށާއި ފެހި ސިޓީއަކަށް ހެދުމަށް އެ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އެއީ، ފަންނީ ފަރާތްތަކުގެ ލަފަ އާއި އާންމުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއިން ގެންދާ ހަރަކާތެކެވެ.