08 އޮކްޓޯބަރ 2022 - 21:39

ހުޅުމާލޭގެ ބައެއް މަގުތަކުން ކަރަންޓު ކޭބަލް ބުރިކޮށް، މިއަދު ވަގަށް ނަގައިފި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސެންޓްރަލް ޕާކް ސަރަހައްދުން އުތުރުގެ ބައެއް މަގުތަކުގެ ކަރަންޓު ކޭބަލް ބުރިކުރުމުން ބައެއް މަގުތައް މިރޭ އަނދިރިވެފައިވާ ކަމަށެވެ. އެހެންވެ، އެ މަގުތައް ދިއްލުމަށް އޮޕަރޭޝަންގެ ތިން ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓު ކޭބަލް ބުރިކޮށް، ވަގަށް ނެގި މައްސަލަ ތަހުގީގުކުރަން މިހާރު ވަނީ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ހުޅުމާލޭގެ އެކި މަގުތަކުން ކަރަންޓު ކޭބަލް ބުރިކޮށް، ވަގަށް ނެގުން މިހާރު ވަރަށް އާންމެވެ.