08 އޮކްޓޯބަރ 2022 - 16:38

އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށްފި އެވެ.
ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗެއް އިއްޔެ ފެނިފައި ވަނިކޮށް އެ ލޯންޗުން ދަތުރުކުރި އެކަކު އއ. ފެރިދޫއާ ދިމާލުން ވަނީ ފެނިފަ އެވެ. އެ ލޯންޗުން ދަތުރުކުރި ދެވަނަ މީހާ އަދިވެސް ނުފެނެ އެވެ.
އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖު ކަމަށެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ހޯދުމަށްޓަކައި ކަނޑާއި ވައިގެމަގުން މިހާތަނަށް 35 މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ. އޭނާއާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ، އެމްއެންޑީއެފާ ހިއްސާކުރަން އެދެ އެވެ.
އެ ލޯންޗުން ދަތުރުކުރި ދެވަނަ މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.